ހޫނު މޫސުމުގައި ކާންރަނގަޅު މޭވާގެ ލިސްޓަކީ ދިގު ލިސްޓެކެވެ. އެހެންނަމަވެސް ދުވަސް ފެށުމުގެ ގޮތުން އިތުރު އެއްޗެއް ކެޔުމުގެ ކުރިން ކެޔުން އެންމެ ރަނގަޅީ ފަޅޮލެވެ.

ހޫނު މޫސުމުގައި ކާން ރަނގަޅު މޭވާގެ ލިސްޓަކީ ދިގު ލިސްޓެކެވެ. އެހެންނަމަވެސް ދުވަސް ފެށުމުގެ ގޮތުން އިތުރު އެއްޗެއް ކެޔުމުގެ ކުރިން ކެޔުން އެންމެ ރަނގަޅީ ފަޅޮލެވެ.

ދޮން ފަޅޮލަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި އިންސާނުންގެ ހަށިގަނޑަށް ބޭނުންވާ މައިގަނޑު މާއްދާއެއް ކަމަށްވާ، ފައިބާއިން މުއްސަނދިވެފައިވާ ލުއި މޭވާއެކެވެ. ފަޅޮލުގައި ހުންނަ މަދު ކެލަރީސްގެ ސަބަބުން ބަރުދަން ލުއިކޮށްދިނުމަށް އެހީއަކަށް ވުމާއެކު، ހަށިގަނޑުގައި ހުންނަ ކޮލެސްޓްރޯލް ރަނގަޅު މިނެއްގައި ދަމަހަށްޓާދެއެވެ.

ފަޅޮލަކީ ވިޓަމިން އޭއާއި ވިޓަމިން ސީއިން ފުރިފައިވާ މޭވާއެއްކަމުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދީ ބަލިތަކާއި އިންފެކްޝަންތަކުން މީހާއަށް ރައްކާތެރިކަށް ލިއްބައި ދިނުމުގެ އިތުރުން ބަރުދަން ލުއިކުރަން އެދޭ ފަރާތްތަކުން ބަނޑުހައިނުވެ ގިނަ ވަގުތު ބަހައްޓައިދޭ ބާވަތެކެވެ.

ފަޅޮލުގައި ހުންނަ ވިޓަމިން ސީއާއި، ޕޮޓޭސިއަމް އަދި ފައިބަރގެ ސަބަބުން ހަށިގަނޑުގައި ލޭގެ ސަރކިއުލޭޝަން ފުރިހަމަވެ ލޭނާރުތަށް ދުޅަހެޔޮ ވުމުގެ ސަބަބުން ކޮލެސްޓްރޯލް ދަށްވެ ހިތުގެ ދުޅަހެޔޮކަން އިތުރުވެގެންދެއެވެ. އަދި ސްޓްރޯކެއް ޖެހުމުގެ ފުރުސަތު ކުޑަވުމާއެކު ވިޓަމިން އީގެ ސަބަބުން ލޮލުގެ ދުޅަހެޔޮކަމަށްވެސް ހެޔޮ އަސަރުތަކެއް ކުރެއެވެ.

އޭގެ އިތުރުން، ފަޅޯ ޖޯޑަކުން ދުވަސް ފެށުމަކީ އޭގައި ހުންނަ ހަޖަމުގެ ނިޒާމަށް ރަނގަޅު އެންޒައިމްތަކުގެ ސަބަބުން ޓޮކްސިން ތަކުން ކާއެއްޗެހިދާ ހޮޅި އާއި ބަނޑު ސާފުކޮށްލާ، ފާހާނާއަށް ދިޔުމަށް ލުޔެއް ލިބިދޭ ކަމެކެވެ.

ފަޅޯ ބޭނުންކުރުން އެންމެ ރަނގަޅީ ދޮންކޮށް ދުވާލު، ހާބަނޑާއެވެ. ސްމޫތީ އާއި، ސެލެޑްތަކަށް އަޅައިގެންނާއި، ފޮނިކާތަކެތި ހަދާއިރު އަޅައިގެންވެސް ފަޅޯ ބޭނުންކުރެވިދާނެއެވެ. ނަމަވެސް މާބނޑު މީހުން ފަޅޯ ބޭނުންކުރުމަކީ އެންމެ އެދެވިގެންވާގޮތެއް ނޫނެވެ. ސަބަބަކީ ފަޅޮލުގައި ހުންނަ ލޭޓެކްސް ކިޔާ މާއްދާއެއްގެ ސަބަބުން މާބަނޑު ދުވަސްވަރު އެ ކެޔުމުން އަވަހަށް ވިހެއުމުގެ ފުރުސަތު ބޮޑުވާތީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން