ފްރާންސާއި ގަތަރުގެ އަސްކަރީ މަތިންދާބޯޓުތަކުން ލުބުނާނަށް 27 މެޓްރިކް ޓަނުގެ ބޭހާއި ކުއްލި ހާލަތުގައި ބޭނުންކުރާ ތަކެތި ފޯރުކޮށްދީފައިވާ ކަމަށް ފްރާންސްގެ ފޮރިން މިނިސްޓަރ ޖީން ނޯއެލް ބާރޮޓް ވިދާޅުވެއްޖެއެވެ.
ލުބުނާނަށް ފޮނުވާފައިވާ އެހީގެ ތަކެތީގެ ތެރޭގައި ރަޖާ، ހައިޖީން ކިޓް ހިމެނޭ އިރު މި ތަކެއްޗަކީ މިހާރު އެގައުމުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެންމެ މުހިންމު ތަކެތި ކަމަށް މިނިސްޓަރ ޖީން ނޯއެލް ބާރޮޓް ވަނީ ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެން އެއްވެސް ކަމެއް ނުކޮށްފިނަމަ، ދެން ލުބުނާން މާދަމާ ސީރިއަށް ވެފައިވާ ގޮތަށް ވެދާނެ،" ފަރަންސޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާ ވާހަކަ ދައްކަވަމުން ޖީން ނޯއެލް ބާރޮޓް ވިދާޅުވިއެވެ.
ޕެރިހަކީ ލުބުނާނާ ތާރީޚީ ގުޅުމެއް އޮންނަ ގައުމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލުމުގެ މަސައްކަތް އެމެރިކާ އާއި މަޝްވަރާކޮށްގެން ކުރަމުން އައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެ މަޝްވަރާތައް ހުއްޓިގެން ދިޔައީ ސެޕްޓެންބަރު މަހުގެ ފަހުކޮޅު އިސްރާއީލުން ބެއިރޫތުގެ ދެކުނުގެ ސަރަހައްދުތަކަށް ހަމަލާތައް ދިން ހިސާބުން ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
އިސްރާއީލުގެ މި ހަމަލާގައި ހިޒްބުاللهގެ ވެރިޔާ ޙަސަން ނަޞްރުالله އަވަހާރަކޮށްލާފައިވާއިރު އޭގެ ފަހުން ލުބުނާނުގެ ދެކުނުގެ ހިސާބުތަކުން އެތައް ހާސް ބަޔަކު ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ހިޖުރަކުރަން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު