ގެއަށް ހަދާފައިވާ ސިހުރެއް ބާތިލު ކުރަން ކަމަށް ބުނެ މަންމަ އާއި ބައްޕަ ގުޅިގެން އެއް މަހުގެ ތުއްތު ކުއްޖަކު މަރާލައިފިއެވެ.

އަވައްޓެރި އިންޑިޔާގެ އާގްރާގައި ހިނގި މި ހާދިސާގައި ތުއްތު ކުއްޖާގެ މަންމަ އާއި ބައްޕަވެސް ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު ވަނީ ގެންގޮސްފައެވެ.

އިންޑިޔާގަ ނޫހަކަށް މި ހާދިސާ ހިނގި ގޮތް ކިޔައިދެމުން ތުއްތު ކުއްޖާ ދިރިއުޅުނު ގޭގެ ކައިރީގައި ދިރިއުޅޭ މީހާކު ބުނީ ކުއްޖާގެ މަންމަ އާއި ބައްޕަ ކުއްޖާ ގޮވައިގެން ސިހުރު ހަދާ މީހެއްގެ ގާތަށް ދިޔަ ތަން ފެނުނު ކަމަށެވެ. އަދި އެމީހުން އެނބުރި ގެއަށް އައި އިރު ކުއްޖާ ނެތް ކަން އެނގުމުން ޝައްކު ކުރެވިގެން ފުލުހުންނަށް އެންގި ކަމަށް އޭނާ ވަނީ ބުނެފައެވެ.

މި ހާދިސާ އާއި ގުޅިގެން ކުއްޖާ ހޯދުމަށް އިންޑިޔާގެ ފުލުހުން ހާއްސަ އޮޕަރޭޝަނެއް ވަނީ ފަށާފައެވެ.

މީޑިޔާއަށް ދިން އިންޓަވިއުއެއްގައި ފުލުހުން ބުނީ ތުއްތު ކުއްޖާގެ މަންމަ އާއި ބައްޕަ ވެގެން ކުއްޖާ މަރާލި ކަމަށް އެއްބަސްވެފައިވާ ކަމަށާއި ކުއްޖާގެ ހަށިގަނޑު އަދި ހޯދިފައި ނުވާކަމަށެވެ.

އިންޑިޔާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާގައި އެއް މަހުގެ އަންހެން ކުއްޖަކު މަރާލާފައި ވަނީ އެ ކުއްޖާގެ މަންމައަށް ހަދާފައިވާ ސިހުރެއް ބާތިލު ކުރަން ކަމަށް ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން