މަރްޔަމް ނަހްދާ ވަޙީދު   12 އޮކްޓޯބަރު 2024 - 5:39
ޕްރޮޓީން ހިމެނޭ ކާނާ ކެއުމުން ކޮލަޖެން އުފައްދާ މިންވަރު އިތުރުވޭ- ގޫގުލް އިމޭޖެސް
ޕްރޮޓީން ހިމެނޭ ކާނާ ކެއުމުން ކޮލަޖެން އުފައްދާ މިންވަރު އިތުރުވޭ- ގޫގުލް އިމޭޖެސް
ކޮލަޖެން އަކީ އަޅުގަނޑުމެންގެ ހަށިގަނޑަށް ވަރަށް ބޭނުންތެރި ޕްރޮޓީންއެކެވެ. މިއީ ހަންގަނޑުގައި ރޫޖެހުން ހުއްޓުވައިދިނުމަށް އެހީވެދޭ، އަދި އިސްތަށިގަނޑާއި، ނިޔަފަތިތަކާއި، މީހާގެ ކަށިތައް ވަރުގަދަ ކުރުމަށްވެސް އެހީވެދޭ އެއްޗެކެވެ. އަޅުގަނޑުމެން އުމުރުން ދުވަސްވާ ވަރަކަށް ހަށިގަނޑުގައި ކޮލަޖެން އުފައްދަދޭ ވަރު މަދުވެ، އޭގެ ސަބަބުން ހަމުގެ މައްސަލަތަކާއި، އިސްތަށިގަނޑު ކުރަކިވުން ފަދަ ތަފާތު މައްސަލަތައް ދިމާވެއެވެ.

އެހެންކަމުން މިފަހަރު މި ހިމަނާލަނީ ހަށިގަނޑުގައި ކޮލަޖެން އުފެއްދުމަށް ކުރަންވީ ބައެއް ކަންކަމެވެ.

ވިޓަމިން ސީ ހިމެނޭ ކާނާ ކެއުން



ހަށިގަނޑުގައި ކޮލަޖެން އުފައްދާ މިންވަރު އިތުރު ކުރަން ބޭނުންވާނަމަ ވިޓަމިބް ސީ ހިމެނޭ ކާނާގެ ބާވަތްތައް ކެއުމަކީ ވަރަށް މުހިންމު ކަމެކެވެ. ވިޓަމިން ސީ އެކުލެވިގެންވާ ކާނާގެ ބާވަތްތައް ބޭނުން ކުރާނަމަ ކޮލަޖެން އުފައްދައިދޭ އެންޒައިމުތަކުގެ މަސައްކަތް އިތުރަށް ފުރިހަމަވެ، ހަށިގަނޑުގައި ކޮލަޖެން އުފައްދަދޭވަރު އިތުރުވެއެވެ.

ރެޓިނޮއިޑު ބޭނުން ކުރުން



ރެޓިނޮއިޑަކީވެސް ކޮލަޖެން އުފެއްދުމުގައި އެހީވެދޭ އެއްޗެކެވެ. ރެޓިނޮލް ފަދަ ރެޓިނޮއިޑުތައް ބޭނުން ކުރުމުން ހަންގަނޑުގައި އާ ސެލްތައް އުފެދޭ މިންވަރު އިތުރުވެ، އޭގެ ސަބަބުން ކޮލަޖެން އުފެދޭ މިންވަރުވެސް އިތުރުވެއެވެ. މި ބޭނުން ކުރާނަމަ ހަށިގަނޑުގައި ކޮލަޖެން އުފެދޭ މިންވަރު އިތުރުވެ، އޭގެ ސަބަބުން މޫނުގައި ރޫޖެހުން ހުއްޓުވައިދީ، މޫނުގެ ހަންގަނޑު އަލިކޮށްދީ ތާޒާކޮށްދެއެވެ.

ޕްރޮޓީން ހިމެނޭ ކާނާ ކެއުން

ޕްރޮޓީން ހިމެނޭ ކާނާގެ ބާވަތްތައް ކެއުމަކީވެސް ހަށިގަނޑުގައު ކޮލާޖެން އުފައްދާ މިންވަރު އިތުރު ކޮށްދޭ ކަމެކެވެ. ޕްރޮޓީން ހިމެނޭ މާއްދާތައް ކެއުމުން ގްލައިސިން އާއި ޕްރޮލީން ފަދަ އެމިނޯ އެސިޑުތައް ހަށިގަނޑަށް އެތެރެވާނެއެވެ. މި އެމިނޯ އެސިޑުތަކަކީ ކޮލަޖެން އުފައްދައިދިނުމުގައި އެހީވެދޭ މާއްދާތަކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން