މެލޭޝިއާގައި ބޭއްވި 64 ވަނަ "މެލޭޝިއާ އިންޓަނޭޝަނަލް އަލްޤުރްއާން ރިސައިޓަލް އެންޑް މެމޮރައިޒޭޝަން އެސެމްބްލީ 1446/2024" ޤުރްއާން މުބާރާތުގައި ރާއްޖެ ތަމްސީލު ކުރި ފާޠިމަތު ޝާޔާ ޒާހިރަށް މުބާރާތުން ތިން ވަނަ ލިބިއްޖެއެވެ.

މި މުބާރާތުން ތިންވަނަ ހޯދި ޝާޔާ މުބާރާތުގައި ވާދަކޮށްފައި ވަނީ ރިސައިޓަލް ކެޓެގަރީގައެވެ. އޮކްޓޯބަރު ފަސްވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ލޭޝިއާގައި ބޭއްވި މި މުބާރާތުގެ ވާދަކުރި ޝާޔާއަކީ އިސްކަންދަރު ސްކޫލުގެ ގްރޭޑް 10 S6 ގެ ދަރިވަރެކެވެ.

މިރޭ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މެލޭޝިއާގައި ބޭއްވި އިންޓަނޭޝަނަލް ގުރުއާން މުބާރާތް ތަމްސީލު ކުރި ދަރިވަރު މުބާރާތުން ތިން ވަނަ ހޯދާފައިވާ ކަމަށެވެ.

"މި އުފާވެރި މުނާސަބަތުގައި ޝާޔާ އާއި އާއިލާއަށް ތަހުނިޔާ އާއި ހެޔޮ ދުއާ ރައްދު ކުރަން، މިއީ ރާއްޖެއަށް ލިބުނު ފަޚުރެއް،". ވަޒީރު ޝަހީމް ވިދާޅުވެފައިވެއެވެ.

މި ސަރުކާރުން ދަނީ ސްކޫލް ދަރިވަރުންނާއި ޒުވާނުންގެ ހިތުގައި އިސްލާމްދީނަށް ލޯބި ޖައްސައި، ދީނީ ކަންކަމަށް ޝައުގުވެރިކުރުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ޒުވާން ޚަޠީބުން އުފެއްދުމާއި ޤުރުއާން މުބާރާތްތަކާއި ދީނީ ޕްރޮގްރާމްތައް ހިިންގުމަށް މާލީ އެހީތެރިކަން ދިނުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައިކަން ފާހަގަ ކުރެވެއެވެ.

މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ޝާޔާ މެލެޝިޔާއަށް ފުރުމުގެ ކުރިން ވަޒީރު ޝަހީމް ވަނީ ޝާޔާ އާއި އާއިލާއާއި ބައްދަލުކުރައްވައި ހިތްވަރުދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން