އިންޑިއާގެ ނެޝަނަލިސްޓް ކޮންގްރެސް ޕާޓީ (އެންސީޕީ) ގެ ލީޑަރެއް ކަމުގައިވާ ބާބާ ސިއްދީޤީ އަށް ބަޑިން ހަމަލާދީ އޭނާ މަރާލައިފިއެެވެ.

މި ހާދިސާ ހިނގާފައިވަނީ ބަންދްރާ ސަރަހައްދުގައި ހުންނަ ބާބާ ސިއްދީޤީ އޮފީހާ ކައިރީގައި ދިން ބަޑީގެ ހަމަލާތަކެއްގައެެވެ. ފުލުހުން ބުނީ ސިއްދީޤީގެ ހަށިގަނޑަށް ދެ ފަހަރެއްގެ މަތިން ބަޑިޖަހާފައިވާ ކަމަށެވެ. އަދި އޭނާ ވަގުތުން ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް، ޑޮކްޓަރުން ވަނީ އޭނާ މަރުވެފައިވާ ކަަމަށް އިއުލާންކޮށްފައެވެ.

މި މަރުގެ މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި ހާދިސާއާ ގުޅިގެން ތަޙުޤީޤު ކުރިއަށްދާ ކަމަށާއި، އިތުރު މަޢުލޫމާތު ލިބުމުން ހާމަކުރާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން މިހާރު ވަނީ ބާބާގެ ޕޯސްޓްމޯޓަމް ހެދުމަށް ވެސް ނިއްމާފައެވެ.

ސިއްދީޤީގެ މަރާ ގުޅިގެން އެންސީޕީގެ އިސް ލީޑަރުންނާއި އެހެނިހެން ސިޔާސީ ޕާޓީތަކުން ވަނީ ކުށްވެރިކޮށް، އަވަސް ތަޙުޤީޤަކަށް ގޮވާލާފައެވެ. އަދި މި ހާދިސާއަކީ މުންބާއީގެ ސިޔާސީ މަސްރަހަށް ބޮޑު ސިހުމެއް ގެނެސްދިން ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން