މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކަަށް އެންމެ ފަހުން ލައިސަންސް ދީފި އެވެ.

"ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" ގެ ނަމުގައި ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވީ މެއި މަހުގެ 16 ވަނަ ދުވަހުއެވެ.

އޭގެ ފަހުން މިދިޔަ ޖުލައި މަސް ނިމެން އުޅެނިކޮށް އިކޮނޮމިކް މިނިސްޓްރީން އެ ބޭންކަށް ލައިސަންސް ހޯދަން އެމްއެމްއޭއަށް ހުށަހެޅި އެވެ. ނަމަވެސް އެ ބޭންކަށް ލައިސަންސް ދޭނެކަމަށް ތާރީހުތަކެއް ދިން ނަމަވެސް އެކަަން އޮތީ ނުވެފަ އެވެ.

ނަމަވެސް މިއަދު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އެ ބޭންކަން މިއަދު އެމްއެމްއޭއިން ލައިސަންސް ދީފައިވާ ކަމަށެވެ.

އަދި މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިގުތިސާދީ ތަަރައްގީގެ ތަސައްވަރާ ދިމާލަށް ދިއުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ސައީދު ވިދާޅުވި އެވެ.

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމާއި، އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމާއި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމާއި، ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި އުފެއްދި ބޭންކެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން