ނިއުކްލިއާ ރިއެކްޓަރުތައް ހަދަން ސްޓާޓްއަޕް އާއި އެކު ގޫގުލް އިން ސޮއިކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ގޫގުލް އިން ބުނީ ކުދި ނިއުކްލިއާ ރިއެކްޓަރުތައް ހަދަން ސްޓާޓްއަޕް އާއި އެކު އެއްބަސްވީ އެ ރިއަކްޓަރު ބޭނުންކޮށްގެން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ މަސައްކަތްތަކަށް ކަރަންޓް ދިނުމަށް ކަމަށެވެ.

ހޯމަ ދުވަހު އިއުލާންކުރި ސްޓާޓްއަޕް ކައިރޯސް ޕަވަރ އާއި އެކު ވެވުނު އެއްބަސްވުމުގެ ދަށުން ކެލިފޯނިއާގެ ޓެކް ޖަޔަންޓުން 500 މެގަވޮޓްގެ ކަރަންޓް އުފެއްދުމުގެ ގާބިލްކަން ހުރި ކުދި ހަތް ނިއުކްލިއާ ރިއެކްޓަރެއް ހެދުމަށް ތާއީދު ކުރާނެ އެވެ.

ފުރަތަމަ ރިއެކްޓަރު 2030 ވަނަ އަހަރުގެ ތެރޭގައި އޮންލައިންކޮށް އައުމަށް ހަމަޖެހިފައިވާއިރު، ކުރިއަށް އޮތް އަހަރުތަކުގައި އެހެން ރިއެކްޓަރުތައް ވެސް އޮންލައިންކޮށް އަންނާނެ އެވެ.

"ގްރިޑަށް ބޭނުންވަނީ ސައިންޓިފިކް ބޮޑެތި ދިރާސާތަކަށާއި، ވިޔަފާރިތަކަށާއި ކަސްޓަމަރުންނަށް ދޭ ހިދުމަތްތައް ރަނގަޅުކޮށް، ގައުމީ ވާދަވެރިކަމާއި އިގްތިސާދީ ކުރިއެރުމަށާއި އޭއައި ޓެކްނޮލޮޖީތަކަށް އެހީތެރިވުމަށް އާ ކަރަންޓް ސޯސްތަކެއްގެ ބޭނުމުގައި،" ގޫގުލްގެ އެނާޖީ އެންޑް ކްލައިމެޓްގެ ސީނިއާ ޑިރެކްޓަރު މައިކަލް ޓެރެލް ވިދާޅުވި އެވެ.

ގޫގުލް އިން ބުނީ މި އެއްބަސްވުމަކީ އިތުބާރު ހުރި ގޮތެއްގައި ހަކަތައަށް ބޭނުންވާ ކަންކަން ފުއްދައިދިނުމަށް އާ ޓެކްނޮލޮޖީއެއް އަވަސްކޮށްދިނުމާއި، އެންމެންނަށް ވެސް އޭއައިގެ ފުރިހަމަ ގާބިލްކަން ހުޅުވާލުމަށް އެހީތެރިވެދޭ އެއްބަސްވުމެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން