ލަންކާގެ އާ ސަރުކާރުން 13 ދުވަހުން 400 ބިލިއަން ރުޕީސްގެ ލޯނު ނަގައިިފައިވަ ކަމަށް ލަންކާގެ އެންމެ ބޮޑު އިދިކޮޅު ކޯލިޝަން ސަމަގި ޖަނާ ބަލަވެގަޔާއަށް ނިސްބަތްވާ ކުރީގެ ޕާލަމަންޓް ރޯހިނީ ކަވިރަތުނާ ވިދާޅުވެއްޖެ އެވެ.

އެ ލޯނުތައް ނަގާފައިވަނީ ޓްރެޝަރީ ބިލްތަކާއި ބޮންޑުތައް ވިއްކައިގެން ކަމަށް ވެސް ރޯހިނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުން ހަރަދުކުރުން މެކުހަށް ޖަހާފައިވާ ކަމަށާއި އެހެން ނަމަވެސް އޭގެން ހަގީގީ ފައިދާއެއް ނުފެންނަ ކަމަށެވެ.

އަދި އެ ލޯނުތަކުން ކޮށްފައިވަނީ ކޮން އިންވެސްޓްމަންޓްތަކެއްތޯ ބުނެދިނުމަށް ވެސް ރޯހިނީ ވަނީ ގޮވާލައްވައިފަ އެވެ.

ނަމަވެސް މިކަމާ ގުޅޭ ގޮތުން އަދި ލަންކާ ސަރުކާރުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ލަންކާގެ އާ ރައީސް އަނޫރާ ކުމާރާ ދިސެނަޔަކަ ވެރިކަމާ ހަވާލުވެވަޑައިގެންނެވީ މިދިޔަ މަހުގެ 23 ވަަނަ ދުވަހު އެވެ.

ލަންކާގެ އިގުތިސާދީ ހާލަތު ގޯސްވީ ދަރަނިތައް ނުދެއްކި ބަނގުރޫޓުވުމުން ނެވެ. އަދި މިދިިޔަ އަހަރު ވަނީ 2.9 ބިލިއަން ޑޮލަރުގެ ލޯނެއް އައިއެމްއެފްއިން ވަނީ ނަގައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން