އަލިފުށި
އަލިފުށި
ރ. އަލިފުށި ކަނޑުތޮށި ކައިރިއަށް މަސް ހިފަން ފޭބި ޒުވާނަކު ކަނޑު އަޑީގައި ނިޔާވެފައި އޮއްވައި މިއަދު ނަގައިފިއެވެ.

ފުލުހުން މިއަދު ބުނީ އަލިފުށީ ކަނޑުތޮށި ކައިރިއަށް މަސްހިފަން އެރުނު 3 ޒުވާނުންގެ ތެރެއިން އެކަކު މައްޗަށް ނާރާކަމުގެ ރިޕޯޓް މިއަދު މެންދުރު 12:08 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އަދި އެ ޒުވާނާ ނަގައިގެން އަލިފުށީ ސިއްޙީ މަރުކަޒަށް ގެންދެވިފައިވާ ކަމަށާއި އޭނާ ނިޔާވެފައިވާކަމަށް އެރަށު ސިއްހީ މަރުކަޒާއި ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ މިހާދިސާގައި ނިޔާވެފައިވަނީ ރ އަލިފުށީ ކަޝްމީރުގޭ އުމުރުން 24 އަހަރުގެ ނަބީޙް ހަސަން ކަމަށެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން