އެމެރިކާއިން ހަތިޔާރު ފޯރުކޮށްދެމުންދާ ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ބައިތު ލާހިޔާއަށް ދިން ހަމަލާގައި 73 މީހުން މަރުވެއްޖެއެވެ.

އުތުރު ޣައްޒާގެ ބައިތު ލާހިޔާއަށް އިސްރާއީލުން ދިން ހަމަލާއެއްގައި ގިނަ ބަޔަކު މަރުވެފައިވާ ކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވާ ސަރުކާރުގެ މީޑިއާ އޮފީހުގެ އޮފިޝަލުމް ބުނެފައިވާ ކަމަށް އަލް ޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ.

މި ހާދިސާގައި ޒަޚަމްވި މީހުންގެ އަދަދު އަދި ޔަގީން ނުވާއިރު ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގެ އިރުމަތީގައި އިސްރާއީލުން ދިން ހަމަލާއެއްގައި ފެން އިންޖިނިއަރުންތަކެއްވެސް ވަނީ މަރާލާފައެވެ.

އިސްރާއީލުން ދަނީ ޣައްޒާގެ އެކި ހިސާބުތަކުގައި ތިބި ރައްޔިތުން ހިޖުރަކުރުމަށްވެސް މަޖުބޫރު ކުރަމުންނެވެ. އެގޮތުން އދ. އިން ޣައްޒާގެ ޖަބަލިއާ ގައި ހަދާފައިވާ ރެފިއުޖީ ކޭމްޕުގައި ތިބި 20،000 އަށްވުރެ ގިނަ މީހުން އެ ސަރަހައްދު ދޫކޮށް ހިޖުރަކުރުމަށް މަޖުބޫރުކޮށްފައިވާ ކަމަށް އެ ޖަމާއަތުގެ އިސް އޮފިޝަލަކު ވަނީ ބުނެފައެވެ.

ޣައްޒާގައި އޮކްޓޯބަރު 7، 2023 އިން ފެށިގެން އިސްރާއީލުން ދިން ހަމަލާތަކުގައި 42،519 މީހުން މަރުވެ 99،637 މީހުން ޒަޚަމްވެފައިވާއިރު، ހަމަ އެ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާތަކުގައި 1،139 މީހުން މަރުވެ، 200 އަށް ވުރެ ގިނަ މީހުން ރަހީނުކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން