އެމެރިކާގެ ފްލޮރިޑާއަށް ދާދިފަހުން އެރި ތޫފާންތަކާ ގުޅިގެން ނުރައްކާތެރި ޖަރާސީމުގެ ކޭސްތަކެއް ފެންމަތިވެފައިވާ ކަމަށް އެގައުމުގެ ސިއްހީ އޮފިޝަލުން މައުލޫމާތު ދީފިއެވެ.
ފްލޮރިޑާ ޑިޕާޓްމަންޓް އޮފް ހެލްތުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ތޫފާން ހެލީން އާއި މިލްޓަން އެރި ފަހުން ނުރައްކާތެރި ބަލިތައް ފަތުރާ ޖަރާސީމުގެ ކޭސްތައް އާދަޔާ ޚިލާފަށް އިތުރުވެފައިވެއެވެ.
ހެލްތު ޑިޕާޓްމަންޓުން ބުނާ ގޮތުގައި 2024 ވަނަ އަހަރު މިހާތަނަށް މީގެ 70 ކޭސް ރިޕޯޓްކޮށްފައިވާއިރު، 11 މީހަކު މަރުވެފައިވެއެވެ. މިއީ 2022 ވަނަ އަހަރު ކޮލިއާ އާއި ލީ ކައުންޓީތަކަށް ތޫފާން އިއަންގެ ސަބަބުން ގެއްލުން ލިބުނު އަދަދުތަކާ އެއްވަރުގެ އަދަދުތަކެއް ކަމަށް އެ ޑިޕާޓްމަންޓުން ބުނެއެވެ.
ޑިޕާޓްމަންޓުން ބުނީ ސައިޓްރަސް، ހަރްނާންޑޯ، ހިލްސްބޮރޯ، ލީ، ޕާސްކޯ، ޕިނެލާސް އަދި ސަރަސޯޓާ، މި ސަރަހައްދުތަކުން މީގެ ކޭސްތައް އިތުރުވުން ގާތް ކަމަށެވެ.
ވައިބްރިއޯ ވަލްނިފިކަސް ނަމަކަށް ކިޔާ މި ޖަރާސީމު އާންމުކޮށް އުޅެނީ ކަނޑުގެ ހޫނު ފެނުގައި ނަމަވެސް ބޮޑެތި ތޫފާންތަކުގެ ސަބަބުން އެއްގަމަށް އަރައި މި ޖަރާސީމު ފެން ހެދިފައި ހުންނަ ތަންތަނުގައި އާލާވެއެވެ.
ހެލްތު ޑިޕާޓްމަންޓުން ބުނާ ގޮތުގައި މިހާރު ކޯރުތަކުންނާއި މޫދުން ބާނާ މަސް ކާއިރު ރަނގަޅަށް ނުކައްކާނަމަ މި ޖަރާސީމު ހަށިގަނޑަށް ގޮސްދާނެ ކަމަށެވެ. އަދި ގައިގައި ކެނޑިފައި ހުރި ތަނެއް ހުއްޓާ މޫދަށް ނުވަތަ ޖަރާސީމު އާލާވެފައި ހުރި ފެންގަނޑަކަށް ފައިބައިފިއްޔާ އިންސާނުންގެ ހަށިގަނޑުގެ ތެރެއަށް ވެސް ޖަރާސީމު ވާސިލު ވެދާނެ ކަމަށް އެ ޑިޕާޓްމަންޓުން ވަނީ ބުނެފައެވެ.
މި ޖަރާސީމު ހަށިގަނޑުގެ ތެރެއަށް ގޮސް އެތެރެހަށީގެ ގުނަވަންތަކުގައި ދިރިއުޅެން ފަށައެވެ. އަދި ގުނަވަންތައް އެސޮރުމެންގެ ކެއުމަށް ހަދައި ވަރަށް އަވަހަށް މީހާ ބަލިކޮށްލައެވެ. މި ޖަރާސީމަށް ނައްތާލުމަށް އަވަހަށް މަސައްކަތް ނުކުރެވިއްޖެ ނަމަ މީހާގެ ފުރާނަ އަށްވެސް ގެއްލުން ވެދާނެ ކަމަށް ރިޕޯޓްކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު