ގދ. ނަޑެއްލާގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.

ނަޑެއްލާގެ މީހަކު "ރަސް" އަށް މައުލޫމާތު ދެމުން ބުނީ އެ އެކްސިޑެންޓް ހިނގީ ރޭ ދަންވަރު ކަމަށެވެ.

އެގޮތުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ގޮސް ޕިިކަޕަކަށް ލަކުޑި އަރުވަން ހުރި މީހެއްގެ ގަޔަށް އެރީ ކަމަށް ނަޑެއްލާ މީހާ ބުންޏެވެ.

އެ ހާދިސާގައި ލަކުޑި އަރުވަން ހުރި މީހާއާއި އަދި ސައިކަލުގައި އިން އެކަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

ނަމަވެސް އޭގެ ސީދާ ތަފްސީލެއް ނޭނގެ އެވެ.

އެ ދެ މީހުން އިތުރު ފަރުވާއަށް މިއަދު މާލެ ގެނެސް މިހާރު ދަނީ އޭޑީކޭގައި ފަރުވާ ދެމުން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން