ރެޑްބުލް ހާފް ކޯޓު ވޯލްޑް ފައިނަލަށް ރާއްޖޭގެ ޓީމު ނިއުޔޯކުގައި ކުޅެން ތައްޔާރުވެއްޖެއެވެ.
ދުނިޔޭގެ އެންމެ މޮޅު ސްޓްރީޓްބޯލް ކުޅުންތެރިން ވާދަކުރުމަށް ހަމަޖެހިފައިވާ މި ހަރަކާތް ބާއްވަން ހަމަޖެހިފައި ވަނީ އޮކްޓޯބަރު 18-20 އަށް ނިއުޔޯކުގައި ހުންނަ ބްރޫކްލިން ބްރިޖް ޕާކުގަ އެވެ.
ރެޑްބުލް ހާފް ކޯޓުގައި ހިމެނެނީ ކޮލިފައިން ބުރާއި ހުރިހާ ގައުމެއްގެ ޗެމްޕިއަނުން ވާދަކުރާ ވޯލްޑް ފައިނަލް ބުރެވެ. ކޮންމެ ގައުމަކުން ވެސް ކޮލިފައިން ބުރެއް ބޭނުން އަދަދެއްގެ ޓީމުތަކެއް ހިމަނައިގެން ކުރިއަށް ގެންދެވޭނެ އެވެ.
މި އަހަރުގެ ކުރީކޮޅު ގައުމުތަކުގައި ވަކިވަކި ޓީމުތަށް ބައިވެރިވެ މެޗުތައް ކުޅެފައިވާއިރު ކޮންމެ ގައުމަކުންވެސް އެންމެ މޮޅު ކުޅުންތެރިން ހިމަނައިގެން މި މުބާރާތުގައި ދުނިޔޭގެ 20 ގައުމަކުން 6،500 ބައިވެރިން ވަނީ ބައިވެރިވެފަ އެވެ.
މިއަހަރުގެ އެޑިޝަންގައި ބައިވެރިވާ ޤައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ، ބެލްޖިއަމް، މިޞްރު، ޖަޕާން، ސާބިއާ، ފިލިޕީންސް، އިޓަލީ، ޔޫއޭއީ، އަދި އެމެރިކާ ހިމެނެއެވެ.
މި އިވެންޓުގެ ހުރިހާ މެޗެއް އަންރެންކްޑް އިން ލައިވްސްޓްރީމް ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު