ފައިސާގެ ހިޔާނާތުގެ މައްސަލައެއްގައި ހޭންޑްބޯޅަ އެސޯސިއޭޝަންގެ ޖެނަރަލް ސެކްރެޓަރީ އަބްދުﷲ އަންވަރު ވަކިކޮށްފި އެވެ.
ހޭންޑްބޯޅަ އެސޯސިއޭޝަންގެ ރައީސް އަހުމަދު މުޖުތަބާ "ރަސް" އަށް ވިދާޅުވީ އަންވަރު މަގާމުން ވަކި ކުރީ މި މަހުގެ 14 ވަނަ ދުވަހު ކަމަށެވެ.
މުޖުތަބާ ވިދާޅުވީ އަންވަރުގެ މައްސަލަ އެ އެސޯސިއޭޝަނުން ބަލަމުންދާތީ އޭގެ ތަފްސީލު ދެވެން ނެތް ކަމަށެވެ.
އަންވަރު ހޭންޑް ބޯލް އެސޯސިއޭޝަންއާ ގުޅުނީ 2017 ވަނަ އަހަރު އިދާރީ މުވައްްޒަފެއްގެ ގޮތުގަ އެވެ.
އަދި އޭގެ ފަހުން 2022 ގައި އޭނާ ޖެނެރަލް ސެކެޓްރީގެ މަގާމަށް ހަމަޖެއްސި އެވެ.
ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގައި ކޮރަޕްޝަންގެ މައްސަލަތައް ބޮޑެވެ. ދާދި ފަހުން ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ބައްސާމް ޖަލީލް އެ އެސޯސިއޭޝަންގެ ފައިސާއަށް ހިނާޔަތްތެރިވެ ދެ އެޕާޓްމަންޓް ގަތް މައްސަަލައިގައި ވަނީ ދައުވާކުރަން ވެސް ފޮނުވައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު