ސިކުނޑީގެ ސެލްތައް އެއްކޮށް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ނިންމާފައިވާ މީހެއްގެ ހިތުގެ ’ޓްރާންސްޕްލާންޓް‘ ކުރުމަށް ޑޮކްޓަރުން ތައްޔާރުވަމުން ދަނިކޮށް އޭނާ ހޭއަރައިފިއެވެ.

އުމުރުން 36 އަހަރުގެ ތޯމަސް ހޫވަރ އަކީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހު މަސްތުވާތަކެތީގައި އޯވަޑޯޒް ވެގެން އެމެރިކާގެ ކެންޓަކީގެ ބެޕްޓިސްޓް ހެލްތު ރިޗްމަންޑް ހޮސްޕިޓަލުގައި އެޑްމިޓްކުރެވުނު މީހެކެވެ. އޭނާ އެޑްމިޓް ކުރެވުނު ފަހުން އޭނާގެ ސިކުނޑި މަރުވެފައިވާ ކަމަށް ޑޮކްޓަރުން ވަނީ ކަނޑައަޅައިފައެވެ.

އެތައް އަހަރެއް ވުމާއެކު ހޫވަރ ހޭއަރާނެ ކަމުގެ އުންމީދު ނެތުމުން އާއިލާގެ އެދުމާއެކު ހޮސްޕިޓަލުން ނިންމީ އޭނާގެ ހަށިގަނޑުގެ ގުނަވަންތައް ނަގައި ބޭނުންޖެހިފައިވާ ފަރާތްތަކަށް ހަދިޔާ ކުރުމަށެވެ.

ހޫވާގެ ޓްރާންސްޕްލާންޓް އޮޕަރޭޝަން ކުރަން އޭނާ އޮޕަރޭޝަން ކުރާ ކޮޓަރިއަށް ވެއްދިތަނާ މާގިނަ އިރުތަކެއް ނުވެ ހޭއެރި ކަމަށް ހޮސްޕިޓަލުގެ އޮފިޝަލުންނާ ހަވާލަދީ ބޭރުގެ ނޫސްތަކުން ރިޕޯޓް ކުރެއެވެ. އަދި ހޫވާ ހޭއެރުމާއެކު އޭނާ ވަގުތުން އޮޕަރޭޝަން ކުރާ ކޮޓަރިން ނެރެ އަވަސް ފަރުވާ ދީފައިވާ ކަމަށް ރިޕޯޓްތައް ލިބެއެވެ.

ސިކުނޑި މަރުވެފައިވާ ކަމަށް ނިންމާފައިވާ މިފަދަ މީހުން ހޭ އެރުން މިއީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. އެހެން ޑޮކްޓަރުންނާ ސިއްހީ މާހިރުން ދަނީ ހޫވާގެ މި ކޭސް ތަހުގީގު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން