ލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން އިންތިޒާމުކޮށްގެން "ނަލަ ދިވެހިރާއްޖެ" ނަމުގައި ޚާއްޞަ ކުރެހުމުގެ މައުރަޒެއް ބާއްވަން ނިންމައިފިއެވެ.
ދިވެހި ހައިކޮމިޝަނުން ބުނީ މި މައުރަޒުން ރާއްޖޭގެ ކުޅަދާނަ ކުރެހުންތެރިޔާ ޢަބްދުالله ފާއިޒުގެ ކުރެހުންތައް ފެނިގެންދާނެ ކަމަށެވެ.
ރާއްޖޭގެ ޖަޒީރާތަކުގެ ޤުދުރަތީ ރީތިކަމާއި ދިރުންތައް ދައްކައިދޭ ތާރީޚީ ފޮޓޯތަކާއި ސަގާފީ މަންޒަރުތަކުން ތަސައްވަރު ކޮށްދޭ ގިނަ ކުރެހުންތައް މި މައުރަޒުން ފެންނާނެ ކަމަށް ހައިކޮމިޝަނުން ބުނެއެވެ.
މި މައުރަޒު އޮންނާނީ ޖޭ.ޑީ.އޭ ޕެރެރާ ގެލެރީ، ޔުނިވަރސިޓީ އޮފް ދަ ވިޝުއަލް އެންޑް ޕަރފޯމިންގ އާޓްސް، 46 ހޯޓަން ޕްލޭސް، ކޮލަމްބޯ 7، ސްރީލަންކާގައެވެ.
ނޮވެންބަރު މަހުގެ 11 އަދި 12 ވަނަ ދުވަހު ކުރިޔަށް ގެންދަން ނިންމާފައިވާ މި މައުރަޒު އޮންނާނީ 11 ވަނަ ދުވަހުގެ ހެނދުނު 8:30 އިން 12:00 އަށެވެ. އަދި ނޮވެންބަރު މަހުގެ 12 ވަނަ ދުވަހު ހެނދުނު 9:30 އިން ރޭގަނޑު 8:30 އަށެވެ.
ދިވެހި ރާއްޖޭގެ ޖުމްހޫރީ ދުވަހާއި ގުޅުވައިގެން ބާއްވާ މި މައުރަޒަށް ހިލޭ ވަދެވޭނެ ކަމަށް ހައިކޮމިޝަނުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު