ޕެރޫގެ ކުރީގެ ރައީސް އަލެހެންޑްރޯ ތޮލޭދޯގެ މައްޗަށް ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ، 20 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ
ރައީސް ތޮލޭދޯ، ކޮންސްޓްރަކްޝަން ދާއިރާގެ ބޮޑު ކުންފުންޏެއް ކަމަށްވާ އޮޑެބްރެކްޓުން ރިޝްވަތު ނެގުމުގެ ކުށް ސާބިތުވެ، ހޯމަ ދުވަހު ވަނީ 20 އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.
މި ހުކުމަކީ ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން ޕެރޫގެ ސިޔާސީ އިސް ފަރާތަކަށް ފުރަތަމަ ފަހަރަށް އިއްވި އެންމެ ބޮޑު ހުކުމެވެ.
ސްޓެންފޯޑް ޔުނިވަރސިޓީން ޑޮކްޓްރޭޓް ޑިގްރީ ހާސިލް ކުރައްވާފައިވާ އުމުރުން 78 އަހަރުގެ އިގްތިސާދީ މާހިރެއް ކަމަށްވާ ތޮލޭދޯއަކީ 2001 އާއި 2006 އާ ދެމެދު ޕެރޫގެ ރައީސްކަން ކުރެއްވި ބޭފުޅެކެވެ.
އޭނާގެ މައްޗަށް ސާބިތުވީ ކުރިން އޮޑެބްރެކްޓްގެ ނަމުން މަޝްހޫރު ކުންފުނިން 35 މިލިއަން ޑޮލަރުގެ ރިޝްވަތު ނެގުމުގެ މައްސަލައެވެ. އެގޮތުން އޭނާ ވަނީ މި ފައިސާ ނަގައި އޭގެ ބަދަލަކަށް އެ ކުންފުންޏަށް ޕެރޫގެ ދެކުނު އައްސޭރިފަށާއި ހުޅަނގު ބްރެޒިލްގެ އެމެޒޯނިއާ ސަރަހައްދަކާ ގުޅުވާލާ މަގު ހެދުމުގެ ކޮންޓްރެކްޓެއް ކާމިޔާބު ކުރުމަށް މަގުފަހިކޮށްދީފައެވެ.
އަހަރެއްހާ ދުވަހުގެ މުއްދަތަށް ތޮލޭދޯގެ ޝަރީއަތް ކުރިޔަށް ގެންދެވުނު އިރު އޭނާ ވަނީ މަނީ ލޯންޑަރިން އާއި އޭނާގެ މައްޗަށް ތުހުމަތު ކުރާ އިތުރު ދައުވާތަކަށް އިންކާރުކޮށްފަ އެވެ. އަދި މިދިޔަ ހަފްތާގައި ތޮލޭދޯ ވަނީ ކެންސަރާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާކަން ހާމަކޮށް ގޭގައި ހުކުމް ތަންފީޒު ކުރަން ދޫކޮށްލުމަށްވެސް ކޯޓުގައި އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު