ނިރުބަވެރި އިސްރާއީލުން ފާއިތުވި 17 ދުވަހުގެ ތެރޭގައި އެކަނިވެސް އުތުރު ޣައްޒާގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ކުރި ހަނގުރާމައިގައި 640 މީހުން މަރާލައިފިއެވެ.

ފަލަސްތީނުގެ މަސްދަރުތަކާ ހަވާލަދީ އަލްޖަޒީރާ ނޫހުން ބުނީ އިއްޔެ އެކަނިވެސް ނިރުބަވެރިންގެ ހަމަލާތަކުގައި 33 މީހަކު މަރާލާފައިވާ ކަމަށެވެ.

ފަލަސްދީން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޣައްޒާގެ އުތުރުގައި ނަސްލު ނައްތާލުމުގެ ކަންކަން އިސްރާއީލުން ހިނގަމުންދަނީ އެންމެންނަށް ހާމަވާގޮތަށް އެންމެންގެ ނަޒަރުގައި ކަމަށެވެ.

ޣައްޒާގެ އުތުރުގެ ރައްޔިތުންނަށް އިސްރާއީލުން މިހާރު މަޖުބޫރު ކުރަމުންދަނީ އެމީހުންގެ ގެއާއި މުދާތައް ދޫކޮށްލައި ހިޖުރަ ކުރުމަށް ކަމަށާއި ހިޖުރަކުރަން ބޭނުން ނުވާ ފަރާތްތަކަށް މަރުގެ އިންޒާރުދީ މަރާލާ ކަމަށް ބައެއް މަސްދަރުތަކުން ހާމަކުރެއެވެ.

ދުވަސްވީމީހުންނާއި އަންހެނުން އަދި ކުޑަކުދިންނަށްވެސް ބެލުމެއް ނެތި މީހުން ހިޖުރަ ކުރުމަށް އިސްރާއީލުގެ ނިރުބަވެރި ޖަމާއަތުން މަޖުބޫރު ކުރަމުންދާއިރު ޣައްޒާގެ ރައްޔިތުން ދަނީ ފުރާނަ އަތްމައްޗަށް ނަގައިގެން ރައްކާތެރި ހިސާބެއް ފެނޭތޯ ދަތުރު ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން