ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ކުޑަކުދިންގެ ލަވަ ”ބޭބީ ޝާކް“ ގެ ރެޕަރ ގެ ގަޔަށް ބަޑިޖަހައި މަރާލައިފިއެވެ.
ބޭރުގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި އުމުރުން 22 އަހަރުގެ ރެޕަރ މައިކަލް ރޮބިންސަން މަރާލާފައި ވަނީ އޭނާގެ ގެއަށް މީހަކު ވައްކަންކުރަން ވަދެ އުޅެނިކޮށް އެ މަންޒަރު އޭނާއަށް ފެނުމުން ވައްކަންކުރަން ވަން މީހާ ދިން ބަޑީގެ ހަމަލާއަކުންނެވެ.
މެޓްރޯ އިން އޮހާޔޯގެ ކޮލަމްބަސްގައި ހޮނިހިރު ދުވަހުގެ ހެނދުނު ރަލަން ސްޓައިލްސް، ނުވަތަ އަސްލު ނަމުން ނަމަ މައިކަލް ރޮބިންސަން މަރާލާފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ. އަދި އޭނާގެ ހަށިގަނޑުގެ އެތައް ތަނަކަށް ބަޑި ޖަހާފައިވާ ކަމަށް ވެސް މެޓްރޯއިން ބުނެއެވެ.
ކޮލަމްބަސް ފުލުހުންނާ ހަވާލަދީ ޑެއިލީ މެއިލްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހެނދުނު ފަހެއް ޖަހާކަށްހާއިރު އެ އިދާރާގެ އޮފިސަރުންނަށް މި ހާދިސާ ހިނގައިގެން ވަނީ ރިޕޯޓް ކޮށްފައެވެ.
ފްލޮރިޑާގެ ޓަލަހަސީއަށް ނިސްބަތްވާ ރޮބިންސަންގެ ގަޔަށް އެތައް ފަހަރަކު ބަޑިޖަހާފައިވާއިރު މިކަން ކުރި ކަމަށް ޝައްކު ކުރެވޭ މީހާ ފިލައިގެން ގޮސްފައިވާ ކަމަށް މެޓްރޯ އިން ރިޕޯޓްކޮށްފައިވެ އެވެ. ނަމަވެސް ފަހުން ފުލުހުން ވަނީ ޝައްކު ކުރެވޭ މީހާ ހައްޔަރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު