އޭޝިއާގެ ނެޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމުން މި މުބާރާތް ބާއްވާ އިންޑިޔާ ބަލިކޮށްފިއެވެ.
އިންޑިޔާގެ ބެންގަލޫރުގައި ކުރިއަށްދާ މި މުބާރާތުގައި އިއްޔެ، އިންޑިއާއާ ދެކޮޅަށް ރާއްޖޭން ވަނީ ކާމިޔާބު ހޯދާފައެވެ. އެގޮތުން ރާއްޖެއިން ވަނީ ހަތް ޕޮއިންޓްގެ ތަފާތެއް ހޯދައި މޮޅު ކުޅުމެއް ކުޅެފައެވެ. ރާއްޖޭން 55 ޕޮއިންޓް ހޯދި އިރު އިންޑިއާ އަށް ހޯދުނީ 48 ޕޮއިންޓެވެ.
މި މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖޭން ވަނީ ސައުދީ އަރަބިއާގެ މައްޗަށްވެސް 61 ޕޮއިންޓްގެ ފަރަގަކުން ކާމިޔާބު ހޯދައިފައެވެ. ނަމަވެސް ރާއްޖޭގެ ދެވަނަ މެޗުގައި މެލޭޝިއާ އަތުން ބަލިވީ 64-28 އިންނެވެ.
އޭޝިއާގެ ނެޓްބޯޅަ މުބާރާތުގައި 14 ޓީމަކުން ބައިވެރިވި އެވެ. އެންމެ ފަހުން ބޭއްވި މުބާރާތުގެ ޗެމްޕިއަނަކީ ލަންކާ އެވެ. މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ވެސް ލަންކާ އެވެ. އެ ޓީމުން ވަނީ އޭޝިއާގެ ޗެމްޕިއަންކަން ހަ ފަހަރު ހޯދާފައިކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު