ސްރީލަންކާގެ ފަތުރުވެރިންގެ މަގުބޫލު ސަރަހައްދެއް ކަމަށްވާ އަރޫގަމް ބޭއަށް ދަތުރުނުކުރުމަށް ލަންކާގައި ހުންނަ އެމެރިކާ އެމްބަސީން އަންގައިފިއެވެ.
އެމެރިކާ އެމްބަސީން މިގޮތަށް އެންގީ އާރޫގަމް ބޭ ސަރަހައްދުގައި ފަތުރުވެރިންގެ މަގުބޫލު ތަންތަނަށް އަމާޒުކޮށްގެން ޓެރަރިޒަމް ހަމަލާއެއް ދޭނެކަމުގެ އިންޒާރު އެމްބަސީއަށް ލިބިފައި ވާތީ ކަމަށް އެމްބަސީން ވަނީ ބުނެފައެވެ.
މި އެންގުމުގައި އެމްބަސީން ވަނީ އެމެރިކާގެ ފަތުރުވެރިން އިތުރު އެންގުމެއް އަންގަންދެން އަރޫގަމް ބޭ ސަރަހައްދަށް ނުދިއުމަށް އިލްތިމާސްކޮށްފައެވެ.
މި ދަނޑިވަޅުގައި ޝައްކު ކުރެވޭ ކަމެއް ކުރިމަތިވާނަމަ ކަމާބެހޭ އިދާރާތަކަށް ވަގުތުން ރިޕޯޓް ކުރުމަށް އެމްބަސީން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ވަށައިގެންވާ މާހައުލުގެ ރައްކާތެރިކަން ކަށަވަރުކޮށް ތިބުމަށް އިލްތިމާސްކޮށްފައިވާއިރު މުވާސަލާތީ ޚިދުމަތް ކޮންމެ ވަގުތެއްގައި ލިބޭ ގޮތަށް ތިބުމަށްވެސް ވަނީ އެދިފައެވެ.
އަރޫގަމް ބޭ ސަރަހައްދަކީ އިޒްރޭލުގެ ފަތުރުވެރިން ވަރަށް ގިނައިން ދަތުރުކުރާ އަދި އެގައުމުގެ އިންވެސްޓްމެންޓްތައް އޮންނަ ސަރަހައްދެކެވެ.

ކިޔުންތެރިންގެ ހިޔާލު