އިސްރާއީލުން އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދީފިއެެވެ.
އިސްރާއީލުން ނެރުނު އަސްކަރީ ބަޔާނެއްގައި ބުނެފައިވަނީ ތިންފަހަރެއްގެ މަތިން އީރާނުގެ ޖުމްލަ 20 އަސްކަރީ ތަނަކަށް ފައިޓާޖެޓުންނާއި މިސައިލުން ވަރުގަދަ ހަމަލާތަކެއް ދީފަައިވާ ކަމަށެވެ. މިތަންތަނަކީ ކުރީއްސުރެ ހަމަލާދޭން ކަނޑައަޅާފައިވާ އަސްކަރީ 20 ތަނަކަށް ކަމަށްވެސް އިސްރާއީލުގެ ބަޔާނުގައި ބުނެފައިވެއެވެ. އިސްރާއިލުން ބުނީ މީގެތެރޭގައި ހިމެނެނީ ވެރިރަށް ތެހެރާނާއި ގުމް އާއި ޚަރާޖް ސިޓީ އާއި ތޯން ސިޓީގައިވާ އަސްކަރީ ތަންތަންކަމަށެވެ. އަދި ހަމަލާދިނީ މި ސިޓީތަކުގައިވާ އަސްކަރީ ބައެއް ބޭސްތަކާއި ހަތިޔާރު އުފައްދާ ބައެއް ކާރުޚާނާތަކާއި ޖާސޫސީ ބައެއް މަރުކަޒުތަކަށް ކަމަށް އިސްރާއީލުގެ ބަޔާނުގައިވެއެވެ.
އީރާނުގެ ބައެއް އޮންލައިން ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ހަތް ގޮވުމެއްގެ އަޑު އީރާނުގެ ވެރިރަށް ތެހެރާންގެ ތެރެއިން އިވުނެެވެ. މި ގޮވުންތަކުގެ ތެރޭގައި އީރާނުގެ ވައިގެ ދިފާއީ ނިޒާމުން އިސްރާއީލުގެ ހަމަލާތައް މަތަކުރުމަށް ފޮނުވާލި މިސައިލްތަކެއްގެ ގޮވުންތައް ވެސް ހިމެނޭ ކަމަށް ބައެއް ރިޕޯޓް ތައް ބުނެއެވެ. އިސްރާއިލުން ބުނިގޮތުގައި އިމާމް ޚުމައިނީ އެއާޕޯޓަށް ހަމަލާދިނެެވެ. މިހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެެވެ.
އިސްރާއީލު ބުނީ ރޭ ފަތިހު ހަމަލާތައް އީރާނަށް ދިނީ މިމަހުގެ އެއްވަނަ ދުވަހު އީރާނުން އިސްރާއީލަށް ދިން ވަރުގަދަ މިސައިލް ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ކަމަށެވެ. އީރާނަށް ދެމުން އައި ހަމަލާތައް އިސްރާއިލުން މިހާރު ވަނީ ހުއްޓާލާފައެެވެ.
މިހަމަލާތަކާބެހޭ ގޮތުން އީރާނުން އަދި ރަސްމީ ސިފައެއްގައި އެއްޗެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު