އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕްގެ އިސް ބޭފުޅުން
އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕްގެ އިސް ބޭފުޅުން
އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުން މާދަމާ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ބުނީ މާދަމާ މާލެ އަތޮޅު މާފުށީ ބޭރުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަނޑުމަތީގެ އިހްތިޖާޖާއި ގުޅިގެން ލީޑާޝިޕްގެ ބޭފުޅުން މާދަމާ 10:00 އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވާ ކަމަށެވެ.

މާފުށި ބޭރުން ކަނޑުމަތީގައި އިހްތިޖާޖް ކުރަން އިދިކޮޅުން ނިންމީ، މަނީ ލޯންޑަރިންގެ ކުށްސާބިތުގެ 5 އަހަރުގެ ޙުކުމެއް މާފުށީ ޖަލުގައި ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލުމަށާއި، މިހާރުގެ ސަރުކާރުން ރާއްޖޭގެ ހަރުމުދާ ވިއްކައި އަދި ހިންގަމުން ގެންދާ ވައްކަމާއި ކޮރަޕްޝަންގެ އަމަލުތަކާއި ދެކޮޅަަށް އަޑުއުފުލުމަށް ކަމަށް އިދިކޮޅުން ބުނެއެވެ.

މާފުށީ ކައިރީ ކަނޑުމަތީ ކުރިއަށް ގެންދަން ރާވާފައިވާ އިހްތިޖާޖްގައި ޕީޕީއެމް އާއި ޕީއެންސީގެ އިސްވެރިންނާއި މާލެ އަތޮޅުގެ ރަށްރަށުގެ ގިނަ ރައްޔިތުން ވެސް ބައިވެރިވާން ނިންމާފައިވާ ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ކުރިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އިދިކޮޅު ކޯލިޝަނުން ވަނީ އަންނަ ހުކުރު ދުވަހު މާލެ ފިޔަވައި ރާއްޖޭގެ އެހެން ހުރިހާ ރަށެއްގައި ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރާނެ ކަމަށް ވެސް ބުނެފައެވެ. "ރާއްޖެ ވިއްކާލުމާ ދެކޮޅަށް" ކުރިއަށް ގެންދާ އެ މުޒާހަރާ އޮންނާނީ ހުކުރު ދުވަހު ހަވީރު 16:00 އިން އިރު އޮއްސި 18:00 އަށް ކަމަށް އިދިކޮޅު ކޯލިޝަނުން މަޢުލޫމާތު ދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން