މެދުއިރުމަތީގައި ނިރުބަވެރި އިސްރާއީލުން ފަށާފައިވާ ހަނގުރާމައިގެ މި ދަނޑިވަޅުގައި އީރާނުގެ އަސްކަރީ ބަޖެޓް 200 އިންސައްތަ އިތުރުކުރަން ނިންމައިފިއެވެ.
ޣައްޒާއާއި ލުބުނާނަށް ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން ހަމަލާތައް ދެމުންދާ މި ދަނޑިވަޅުގެ ތެރޭގައި، އީރާނުން އަސްކަރީ ބަޖެޓް ތިންގުނައަށް އިތުރުކުރަން ރާވާފައިވާ ކަމަށް އެގައުމުގެ ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވެއްޖެއެވެ.
އީރާން ސަރުކާރުގެ ތަރުޖަމާނު ފާތިމާ މުހާޖެރާނީ ވިދާޅުވީ އަސްކަރީ ބަޖެޓް ތިން ގުނައަށް ބޮޑުކުރަން ރާވާފައިވާ ކަމަށާއި ސަރުކާރުން މިހާރު އެގައުމުގެ ގާނޫނު ހަދާ މަޖިލީހަށް މި ހުށައެޅުން ފާސްކުރުމަށްވެސް ފޮނުވާފައިކަމަށެވެ.
ސަރުކާރުން މިހާރު ހުށަހަޅާފައިވާ ބަޖެޓާ މެދު ބަހުސް ކުރެވޭއިރު، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން 2025 ވަނަ އަހަރުގެ މާޗު މަހު މި ބަޖެޓަށް ގޮތެއް ނިންމާނެ ކަމަށް ބެލެވެ
އެވެ.
ސްޓޮކްހޯމް އިންޓަނޭޝަނަލް ޕީސް ރިސާޗް އިންސްޓިޓިއުޓް (އެސްއައިޕީއާރުއައި) ގެ ތިންކް ޓެންކުން ބުނާ ގޮތުގައި 2023 ވަނަ އަހަރު އީރާނުގެ އަސްކަރީ ޚަރަދު ގާތްގަނޑަކަށް 10.3 ބިލިއަން ޑޮލަރަށް އަރާފައިވެއެވެ. އެއާ އަޅާބަލާއިރު އިސްރާއީލުން 2023 ވަނަ އަހަރު އަސްކަރިއްޔާއަށް 27.5 ބިލިއަން ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށްވެސް ސިޕްރީން ބުނެއެވެ.
ވޮޝިންޓަން ޑީސީގައި ހުންނަ ތިންކް ޓެންކެއް ކަމަށްވާ ’ކައުންސިލް އޮން ފޮރިން ރިލޭޝަންސް‘ އިން ބުނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން 2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް އެމެރިކާއިން އިސްރާއީލަށް 12.5 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ ފޯރުކޮށްދީފައިވާ ކަމަށެވެ.
ވޯލްޑް ބޭންކުން އެންމެ ފަހުން ޝާއިއުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2022 ވަނަ އަހަރު އީރާނުން އެގައުމުގެ އަސްކަރިއްޔާއަށް 6.85 ބިލިއަން ޑޮލަރު ޚަރަދުކޮށްފައިވެއެވެ. މި ޚަރަދުތައް އިތުރުކުރަނީ އެގައުމަށް ކުރިމަތިވެދާނެ ނުރައްކަލަކުން އަރައިގަތުމަށް އަސްކަރިއްޔާ ތައްޔާރު ކުރުމަށް ކަމަށް މަސްރަހު ތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު