ލަންކާގެ އަރޫގަމް ބޭ އިންޒާރާއި ގުޅިގެން ދިވެއްސަކާއި ލަންކާގެ ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ލަންކާގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ވިޖިތާ ހެރަތު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ވިޖިތާ ހެރަތު ވިދާޅުވީ އާރޫގަމް ބޭގައި ފަތުރުވެރިންނަށް އިންޒާރުދިން މައްސަލަ އާއި ގުޅިގެން މިހާތަނަށް ދިވެއްސަކާއި ލަންކާގެ ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މިމީހުން ހައްޔަރު ކުރީ އަރޫގަމް ބޭ ސަރަހައްދުގައި ހަމަލާތަކެއް ދީފާނެތީ ލިބުނު ޖާސޫސީ މައުލޫމާތުތަކާ ގުޅިގެން ކަމަށެވެ.

ވިޖިތާ ހެރަތު ވިދާޅުވީ މި މައްސަލައިގައި ހައްޔަރު ކުރި މީހުން ލަންކާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގުގައި ހައްޔަރު ކުރި މީހުންގެ ފަރާތުން ބޭނުންވާ ވަރަށް މައުލޫމާތު ނުލިބޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މި މައްސަލައިގައި ހައްޔަރުކުރި ކަމަށްބުނާ ދިވެހި މީހާއަކީ ދިވެއްސަކު ސްރީލަންކާ ރައްޔިތަކާ އިނދެގެން ލިބިފައިހުރި ދަރިއެކެވެ. އޭނާއަކީ ބޮޑެތި މައްސަލަތަކުގައި މީގެކުރިންވެސް އެތައް ފަހަރަކު ހައްޔަރުކޮށްފައިވާ ޑުއަލް ސިޓިޒަންޝިޕް އޮންނަ މީހެކެވެ.

އަރޫގަމް ބޭ ސަރަހައްދަކީ އިޒްރޭލުގެ ފަތުރުވެރިން ވަރަށް ގިނައިން ދަތުރުކުރާ އަދި އެގައުމުގެ އިންވެސްޓްމެންޓްތައް އޮންނަ ސަރަހައްދެކެވެ. މި ސަރަހައްދަށް އަމާޒުކޮށްގެން ނިރުބަވެރި ހަމަލާއެއް ދޭން އުޅޭކަމުގެ އިންޒާރު ފުރަތަމަ ދިނީ ލަންކާގައި ހުންނަ އެމެރިކާ އެމްބަސީންނެވެ. އެ އެމްބަސީން ވަނީ އެމެރިކާ ފަތުރުވެރިން އެ ސަރަހައްދަށް ނުދިއުމަށްވެސް އިލްތިމާސް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން