ނިރުބަވެރި އިސްރާއީލުން އަނެއްކާވެސް ޣައްޒާގެ އުތުރުގެ ހޮސްޕިޓަލަކަށް ހަމަލާދީ ކުޑަކުއްޖަކު ވަރަށް ބޮޑަށް ޒަހަމްކޮށްލައިފިއެވެ.

މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި ނިރުބަވެރިންގެ ހަމަލާ މިފަހަރު އަމާޒުވީ ޣައްޒާގެ އުތުރުގައި ހުންނަ ކަމާލް އަދުވާން ހޮސްޕިޓަލަށެވެ.

ފަލަސްދީނުގެ ސިއްހީ ނިޒާމު ފުނޑުފުނޑު ކޮށްލުމުގެ މަކަރުވެރި ރޭވުމުގެ ތެރެއިން އިސްރާއީލުން ދިން މި ހަމަލާގައި ހޮސްޕިޓަލަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓް ކުރެއެވެ. އެގޮތުން މި ހަމަލާގައި އެންމެ ބޮޑަށް ގެއްލުން ވެފައިވަނީ ހޮސްޕިޓަލްގެ ނާސަރީއަށެވެ.

ފަލަސްދީނުގެ އިތުރުން މެދުއިރުމަތީގެ އެހެން ގައުމުތަކަށްވެސް އިސްރާއީލުން ދެމުންދާ ހަމަލާތައް ހުއްޓުމެއްނެތި އަދިވެސް ކުރިޔަށްދާކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައިވެސް އިއްޔެ އެކަނިވެސް އިސްރާއީލުން ވަނީ ދެ މީހަކު މަރާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން