އަވައްޓެރި އިންޑިއާގެ އުތުރުގެ އުއްތަރަކަންދު ސްޓޭޓުގައި ބަހެއް ފުރޮޅާލައި ހިނގި ހާދިސާއެއްގައި 36 މީހުން މަރުވެއްޖެއެވެ.

އޮފިޝަލުންނާ ހަވާލަދީ އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި މިހާދިސާގައި މިހާތަނަށް 36 މީހުން މަރުވެފައިވާއިރު ބަހުން ދަތުރުކުރި ގިނަ ބަޔަކު ވަނީ ޒަހަމްވެފައެވެ.

މި ހާދިސާ ހިނގި ހިސާބުގެ ޗީފް މިނިސްޓަރު ޕުޝްކާ ސިންގް ދާމީ ވިދާޅުވީ ރިލީފް އެންޑް ރެސްކިއު އޮޕަރޭޝަންތައް އަވަހަށް ކުރިއަށް ގެންދިއުމަށް ޑިސްޓްރިކްޓް އެޑްމިނިސްޓްރޭޝަނަށް އަންގާފައިވާ ކަމަށެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހާދިސާ ހިނގި ސަރަހައްދުގެ އިސް އޮފިޝަލެއް ކަމަށްވާ ވިނީތު ޕާލް ވިދާޅުވީ ފުރޮޅާލި ބަހުން ޖުމްލަ 42 މީހުން ދަތުރުކުރި ކަމަށެވެ.

މި ހާދިސާ އާއި ގުޅިގެން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ހާދިސާގައި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން