އިއްޔެ ބޭއްވި އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާތަކުން ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިހޯއްދަވަމުން ދާކަން ހާމަވެއްޖެއެވެ.
ވޯޓުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ވާދަވެރި ޑިމޮކްރެޓްސްގެ ކެނޑިޑޭޓް އަދި އެމެރިކާގެ ނާއިބު ރައީސް ކަމާލާ ހެރިސްއަށް ވުރެ އާންމުންގެ ވޯޓާއި އިލެކްޓޯރަލް ވޯޓުން ޓްރަމްޕް އުޅެނީ ކުރީގަ އެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވެވޭނީ އެންމެ ގިނަ އިލެކްޓޯރަލް ވޯޓު ލިބިވަޑައިގަންނަވާ ބޭފުޅަކަށެވެ.
ޓްރަމްޕަށް 267 އިލެކްޓޯރަލް ވޯޓު ލިބިވަޑައިގެންފައިވާ އިރު ކަމާލާއަށް އަދި ލިބިވަޑައިގެންނެވީ އެންމެ 217 އިލެކްޓޯރަލް ވޯޓެވެ.
ރިޔާސީ އިންތިހާބު ކާމިޔާބުކުރަން އެންމެ މަދުވެގެން 270 އިލެކްޓޯރަލް ވޯޓު ބޭނުންވާނެ އެވެ.
ރިޔާސީ އިންތިހާބު ޓްރަމްޕް ކާމިޔާބު ކުރައްވާނެ ކަމަށް އެމެރިކާގެ ނިއުޔޯކް ޓައިމްސްއިން ވެސް ވަނީ ބުނެފަ އެވެ.
މިއީ ޓްރަމްޕް އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ތިންވަނަ ފަހަރެވެ. އެންމެފަހުން 2020 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުން ޓްރަމްޕްއަށް ނާކާމިޔާބީ ކުރިމަތިވެވަޑައިގެންނެވި ނަމަވެސް އެ ފަހަރު އިންތިހާބުގައި މަކަރު ހަދައި އޮޅުވާލީ ކަމަށް ޓްރަމްޕް އޭރު ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު