ކަނޑުގައި ދުއްވާ ޓޫރިސްޓު އުޅަނދުތަކުގައި ޕްރޮޕެއްލާ ޕްރޮޓެކްޝަން ހަރުކުރަން ޖެހޭ ގޮތަށް ހަދަން ބައިނަލްއަޤުވާމީ ދަތުރުފަތުރުގެ ދާއިރާގައި ހަރަކާތްތެރިވާ މަޝްހޫރު އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ގޮވާލައްވައިފި އެވެ.
ފިރާގު އެފަދައިން ގޮވާލެއްވީ މިދިޔަ ބުރާސްފަތި ދުވަހު ސްނޯކަލިންއަށް ދިޔަ ދޯންޏެއްގެ ބުރަފަތީގައި ޖެހި ސިންގަޕޫރުގެ 15 އަަހަރުގެ ކުއްޖަކު މަރުވި ހާދިސާއާ ގުޅިގެން ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ފިރާގު ވަނީ ފަހަކަށް އައިސް ބުރަފަތީގައި ޖެހި މަރުވުމުގެ ހާދިސާތައް އިތުރުވަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
އެހެން ނަމަވެސް ޕްރޮޕެއްލާ ޕްރޮޓެކްޝަން އަޅުވައިފިނަމަ އެފަދަ ހިތާމަވެރި ހާދިސާތައް މަދުވެ ލިބޭ ގެއްލުން ކުޑަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެއާއެކު ރާއްޖޭގެ ނަން ކިލަނބުވުމުން ވެސް ދުރުކޮށްދޭނެ ކަމަށް ފިރާގު ވިދާޅުވި އެވެ.
އެހެންކަމުން ޓޫރިސްޓު ހުރިހާ އުޅަނދުތަކެއްގައި ޕްރޮޕެއްލާ ޕްރޮޓެކްޝަން ހަރުކުރަން ޖެހޭ ގޮތަށް ގަވައިދުތައް ހެދުން އަވަސްކުރަން ފިރާގު ގޮވާލެއްވި އެވެ.
މިދިޔަ ހުކުރު ދުވަހު ހިނގި ހާދިސާއާ ގުޅިގެން އެ މައްސަލަ ބެލުމަށް ސިންގަޕޫރުގެ ޓީމެއް ވެސް ރާއްޖެއައިސް މިހާރު ދަނީ ހަރަކާތްތެރިވަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު