ލަންކާގައި ބޭއްވި ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު މިހާރު އެގައުމުގެ ވެރިކަން ކުރާ ނެޝަނަލް ޕީޕަލްސް ޕާޓީއަށް ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބުކޮށްފިއެވެ.
މީގެ ކުރިން ގާނޫނު ހަދާ މަޖިލީހުގެ އެންމެ ތިން ގޮނޑި ހޯއްދަވައިގެން ތިބި މިހާރު ވެރިކަންކުރާ ވާތުފިޔައިގެ ކޯލިޝަނުން މިފަހަރު މިސްރާބުޖެހީ އިންތިޚާބުގެ ބޮޑު ކާމިޔާބީއަކަށެވެ. އެގޮތުން ރައީސް އަނުރަ ކުމާރަ ދިސާނަޔަކައަށް ތާއީދުކުރާ ނޭޝަނަލް ޕީޕަލްސް ޕަވަރ (އެންޕީޕީ) ކޯލިޝަނުން ވަނީ މަޖިލީހުގެ 196 ގޮނޑީގެ ތެރެއިން 141 ގޮނޑި ކާމިޔާބުކޮށްފަވެ.
މި އިންތިޚާބުގެ ޖުމްލަ ނަތީޖާ ދައްކާ ގޮތުގައި ވެރިކަން ކުރާ ޕާޓީ ވަނީ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ހޯދާފައެވެ. އަދި އިދިކޮޅު އިއްތިހާދު ސަމާގީ ޖަނާ ބަލަވޭގަޔާ (އެސްޖޭބީ) އަށް ހޯދިފައި ވަނީ އެންމެ 35 ގޮނޑިއެވެ.
މި އިންތިޚާބުން ވެރިކަންކުރާ ޕާޓީއަށް ކުރިހޯދިފައިވާކަން މިހާރު ޔަގީންވެފައިވާއިރު އެކަމުގެ ސަބަބުން ލަންކާގެ މިހާރުގެ އިގްތިސާދީ ހާލަތު ބަދަލުކޮށްލުމަށް ބޮޑު ފަސޭހައެއް ލިބޭނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ހާމަކުރެއެވެ.
ދިސާނަޔަކަ ވެރިކަމަށް އައުމުގެ ކުރިން ރައީސް ކަމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަ ވެރިކަމުގައި ހުންނަވައިގެން އަޅާފައިވާ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކާ މެދު އާންމުންގެ ހިތްހަމަނުޖެހުން ވަރަށް ބޮޑަށް އިތުރުވެގެން ދިޔަކަން ފާހަގަ ކުރެވެއެވެ. އަދި އާންމުންގެ ހިންހަމަނުޖެހުން ވެގެން ދިޔައީ މިހާރުގެ ސަރުކާރަށް ވެރިކަމަށް އައުމަށް މެދުވެރިވި އެންމެ ބޮޑު އެއް ސަބަބަށް ކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު