19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނިމިގެން މިދާ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ މަސައްކަތް އަންނަ ހޯމަ ދުވަހު ނިންމައި އެއްމަސް ދުވަހުގެ ޗުއްޓީއަށް ދިއުމަށް ވަނީ ނިންމާފައެވެ. 19 ވަނަ މަޖިލީހަކީ ތަފާތު އަދި ޒިންމާދާރުވާނެ މަޖިލީހަކަށް ވާނެކަމަށްބުނެ މަޖިލިސް ހުވާ ކުރި ދުވަހުން ފެށިގެން މިއަދާއި ހަމަޔަށް ތަފާތު އެކި މަންޒަރުތައް އެމަޖިލީހުން ވަނީ ފެނިގެން ގޮސްފައެވެ.
19 ވަނަ މަޖިލީހުގެ ނިމިގެން ދިޔަ ދައުރުތަކާއި މިހާރު ނިމިގެން މިދާ ދައުރާއި ވަރަށްވެސް ތަފާތެވެ. ނިމިގެން މިދާ ދައުރުގެ ތެރޭގައި މަޖިލިސް ފެނިގެން ގޮސްފައިވަނީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ސަރުކާރާއި ދެމެދު އޮތް ހިތްހަމަ ނުޖެހުމާއި "ކޯޅުން" ރައްޔިތުންނަށް ހާމަވެ އެހަނގުރާމަ ގަނޑެވެ. އެކި ގޮތްގޮތުން ސަރުކާރަށް ޕްރެޝަރު ކުރުމަށްޓަކައި މަޖިލީހުގައި އެޖެންޑާ ކޮށްފައިވާ މަސައްކަތްތައް ދޫކޮށް ވަކި ކަންތައްތަކަކަށް އަމާޒުކޮށްގެން މަސައްކަތް ކުރަމުން ދިޔަ މަންޒަރު ވަނީ ފެނިގެން ގޮސްފައެވެ.
މަޖިލީހުގެ ތެރެއިން މިދައުރުގައި އެންމެބޮޑަށް ފާހަގަވި އެއްކަމަކީ ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓްގައި ހިމެނި ވަޑައިގަންނަވާ ވަޒީރުންނަށް ހަމަޖެހިލައިގެން މަސައްކަތް ކުރައްވާނެ ވަގުތެއްނުދީ އަބަދުވެސް މަޖިލީހާއި ވަޒީރުންގެ އޮފީހާއި ދޭތެރޭ އެމީހުން "ތަޅުވަމުން" ޕްރެޝަރ ކުރަމުން ގެންދިޔަ މަންޒަރެވެ. އެއްވަޒީރަކު ހަފްތާއަކު 3 ދުވަހު މަޖިލީހަށް ވަޑައިގަންނަވަން ޖެހޭއިރު ގިނަ ވަޒީރުންތަކެއް ޖަވާބުދާރީ ކުރުވަންކަމަށްބުނެ އަތްފައި ބަދެވޭ ގޮތަށް ސަރުކާރަށް ޕްރެޝަރު ކުރުމަށްޓަކައި ދިޔައީ މަސައްކަތް ކުރައްވަމުންނެވެ. މަޖިލީހުން މިކަން ކުރަމުން ގެންދިޔަ ވަޒީރުންނާއި ސަރުކާރު ޖަވާބުދާރީ ކުރުމުގެ ނަމުގައެވެ.
ޚާއްޞަކޮށް މަޖިލީހުގެ މިމަސައްކަތްތަކުގައި ސަރުކާރުގެ ތެރޭގައި ހިމެނޭ "ކޯލިޝަން" ވަޒީރުންނަށް ހަމަނޭވާ ލާނެ ފުރުސަތެއް ވެސް ނުދެއްވައެވެ. ތުހުމަތަކަށްފަހު ތުހުމަތެއް، ސުވާލަކަށްފަހު ސުވާލެއް ކުރިމަތިކޮށް ކެނޑިނޭޅި ގެންދެވީ މަޖިލީހުގެ ތަޅުމަށާއި ކޮމިޓީތަކަށް ވަޒީރުން "ދަމަމުން"ނެވެ. ގިނަބަޔަކު ދެކޭ ގޮތުގައި މިއީ ވަޒީރުންނަށް ކުރި ޖެއްސުމަކަށްވުރެ ސަރުކާރަށް ކުރާ ޖެއްސުމެކެވެ. ސަރުކާރު ހިންގުމަށް ކުރި ޕްރެޝަރެވެ.
މަޖިލީހުގެ ތެރެއިން މިހާރު މަސައްކަތް ކުރަމުން ގެންދާ ގޮތުން ޚާއްސަކޮށް މަޖިލިސް ރައީސް އިސްވެ ހުންނަވައިގެން އެކުރައްވާ މަސައްކަތަކީ ސިޔާސީ ވާދަވެރިކަމުގައި "ބަދަލުހިފުމުގެ ރޫހުގައި" ކުރައްވާ މަސައްކަތްތަކެއް ކަމުގައި ގިނަބަޔަކު ދެކެވެއެވެ. ކޯލިޝަންގެ ބައެއް ފަރާތްތަކުން ސިފަކުރާ ގޮތުގައި ރައީސް ނަޝީދާއި ނަޝީދުގެ ފިކުރަށް ތާއީދުކުރައްވާ ބޭފުޅުންގެ ވިސްނުންފުޅަކީ މިއަދުން މިއަދަށްވެސް ކޯލިޝަން ރޫޅާލައި އެމްޑީޕީގެ އެކަނި ވެރިކަމެއް ޤާއިމް ކުރުމެވެ.
މިދައުރުގައި ކުރެވިދިޔަ ބޭކާރު މަސައްކަތްތަކުގެ ސަބަބުން ކުރަންޖެހޭ މުހިންމު އެތައް މަސައްކަތެއް ވަނީ ނުކުރެވި ދައުރު ނިންމާލަން ޖެހިފައެވެ. މިދައުރުގެ ތެރޭގައި ހިނގާފައިވާ އެންމެ ފާހަގަ ކޮށްލެވޭ އެއް ކަމަކީ ވަޒީރުންގެ ތެރެއިން މިނިސްޓަރ ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން އުޅުނު މައްސަލައެވެ. ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ކުރެއްވި އެ މަސައްކަތް ވީ ނާކާމިޔާބެވެ. ކޯވިޑްގެ ކޮރަޕްޝަންގެ ތުހުމަތު ތަކާއެކު ހެލްތު މިނިސްޓަރ އަމީން މިހާރު ވެސް ވަނީ ހޫނުފެނުގައެވެ. ބޮޑަށް ގަބޫލުކުރެވެނީ މިފަހަރު ބުރައިގެން ދާނެ ކަމަށެވެ.
ޓުވަރިޒަމް މިނިސްޓަރު އަލީ ވަހީދަށްވެސް އަތަކެއް ތުހުމަތުތަކެއްކޮށް މަޤާމުން ވަކިކޮށްފައިވާއިރު އަޑުތައް އިބޭ ގޮތުން އެމަޤާމަށް އެމްޑީޕީން ރައީސް ނަޝީދު ބޭނުންފުޅުވި ބޭފުޅަކު އައްޔަން ކުރުމަށް މަސައްކަތް ކުރެވި ކާމިޔާބު ވާގޮތް ނުވުމުން ޖުމްހޫރީ ޕާޓީން އައްޔަން ކުރެއްވި ބޭފުޅާއަށް ޤާނޫނީ އިމުގެ ތެރެއިން ހުވާ ކުރެވުނު ކަމަކަށްވެސް ނުވިއެވެ.
މުޅި ދައުރުގައި ހިނގާދިޔަ މި މަސައްކަތްތަކުގެ ފަރުދާގެ ފުރަގަހުން ފެންނަ ބޮޑު މަންޒަރަކީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް މިސްރާބު ހިފާފައިވާ މަންޒަރެވެ. ރައީސް ނަޝީދުގެ ވިސްނުން ފުޅު ހުރި އަމާޒަށް ވާސިލު ވެވޭތޯ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ މަންޒަރު ފެނިގެންދިޔައިރު އެއަމާޒަށް ވާސިލު ވެވޭނެ މަގުތައް ކޮންމެވެސް ވަރަކަށް ކޮށި ސާފުވަމުންދާ ތަންވެސް މިހާރު މިދަނީ ފެންނަމުންނެވެ. އެމަސައްކަތުގެ ސަބަބުން ވެސް ސަރުކާރަށާއި ރައީސް ޞާލިހަށް އޮތް ގޮންޖެހުން ތަކެއް ވަކިން ކުޑައެއް ނޫނެވެ. މިހުރިހާ އުނދަގޫތަކާއި ދަތިތަކާއިއެކު ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ވަރަށް ކެތްތެރިކަމާއި ހިކުމަތްތެރިކަމާއެކު އެންމެން ގޮވައިގެން ކުރިއަށް ވަޑައިގެންނެވޭތޯ މަސައްކަތް ކުރައްވަމުންނެވެ. ވެ ވަޑައިގެންނެވި ވައުދުތައް ފުއްދުމަށް ކެނޑިނޭޅި މަސައްކަތް ކުރައްވަމުންނެވެ.
އެއްވެސް ކަމެއްގައި ދުވަހަކުވެސް ރައީސް ޞާލިހާއި ވާދަނުކުރައްވާނެކަމަށް ރައީސް ނަޝީދު ހަރުއަޑުން ވިދާޅުވި ނަމަވެސް މިއަދު ފެންނަ މަންޒަރުތަކުން ރައީސް ޞާލިހަށް ސަރުކާރު ހިންގުމަށް ޕްރެޝަރު ކުރުން ނޫން މަންޒަރެއް ފެނިގެން ނުދާކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. މީގެ ސަބަބުން ސަރުކާރަށް ފާޑުކިޔުމުގެ ފުރުސަތު އިންތިހާއަށް ހުޅުވިފައިވާއިރު ރައްޔިތުންގެ އިތުބާރާއި ތާއީދު ސަރުކާރަށް ގެއްލުން ނޫން ކަމެއް މިކަމުން ހާސިލުވަމުންދާ ތަނެއް އަދި ނުފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު