އިންޑިއާގައި ދިވެއްސަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ހަސަން ސުހައިލް ނަމަކަށް ކިޔާ މި ދިވެހި މީހާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ ބުދަ ދުވަހު ބެންގަރޫގެ ހޮޓަލެއްގެ ތެރޭގައި ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައި ވެއެވެ. އޭނާގެ އުމުރެއް ނޫސްތަކުން ރިޕޯޓްކޮށްފައެއް ނުވެއެވެ.

ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން މިދިޔަ އަންގާރަ ދުވަހުން ފެށިގެން ހޮޓަލުގެ ކޮޓަރިން ސުހައިލް ނުނިކުންނާތީ ފުލުހުންނަށް ގުޅިކަމަށާއި އަދި ފުލުހުން އައިސް ކޮޓަރި ހުޅުވި އިރު ސޮހައިލް އޮތީ ވެއްޓިފައި ކަމަށާއި އަދި ހޮޑުތައް މުޅި ތަޅުންމަތީގައި ހުރި ކަމަށެވެ.

މިހާތަނަށް ބެލިބެލުމުން ސުހައިލް މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ބެލެވޭ ކަމަށް ވެސް ނޫސްތަކުން ރިޕޯޓްކޮށްފައި ވެއެވެ. އަދި މަރުގެ ސަބަބު ޔަގީންކުރުމަށް ޕޯސްޓް މޯޓަމް ހަދަން ނިންމާފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.

ސުހައިލްގެ އާއިލާއަށް އެކަން އަންގާފައިވާ އިރު ވަރަށް އަވަހަށް އާއިލާއިން ބެންގަލޫރަށް ދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ސުހައިލްގެ މަރާ ގުޅިގެން ފޮރިން މިނިސްޓްރީން ބަހެއް ނުލިބެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން