ހއ.ހޯރަފުށީ އެއަރޕޯޓުގެ ޕަސެންޖަރ ޓަރމިނަލާއި، ފަޔަރ ބިލްޑިންގ ޤާއިމުކުރުމަށް ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތު
ހއ.ހޯރަފުށީ އެއަރޕޯޓުގެ ޕަސެންޖަރ ޓަރމިނަލާއި، ފަޔަރ ބިލްޑިންގ ޤާއިމުކުރުމަށް ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތު
ހއ.ހޯރަފުށީ އެއަރޕޯޓުގެ ޕަސެންޖަރ ޓަރމިނަލާއި، ފަޔަރ ބިލްޑިންގ ޤާއިމުކުރުމަށް އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްފިއެވެ.

މިއެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ، ޓްރާންސްޕޯޓް މިނިސްޓަރ ޢާއިޝަތު ނަހުލާއެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ ސީ.އީ.އޯ އާދަމް އާޒިމް އެވެ.

އެމްޓީސީސީން ބުނީ މިމަޝްރޫޢަކީ، 16.1 މިލިއަން ރުފިޔާގެ މަޝްރޫޢެއް ކަމަށާއި، ޓްރާންސްޕޯޓް މިނިސްޓްރީން މިމަޝްރޫޢު އެމް.ސީ.ސީއާ ޙަވާލުކޮށްފައިވަނީ، 80 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ކަމަށެވެ. މި މަޝްރޫޢުގެ ދަށުން ހޯރަފުށީ އެއަރޕޯޓުގައި ޤާއިމްކުރާ ޕަސެންޖަރ ޓަރމިނަލަކީ 100 މީހުންގެ ޖާގައިގެ ޓަރމިނަލެކެވެ.



ހއ. ހޯރަފުށީގެ އެއަރޕޯޓުގެ މަސައްކަތް ކުރިއަށް ގެންދަނީ، އެމް.ޓީ.ސީ.ސީ އިންނެވެ. އެގޮތުން އެމް.ޓީ.ސީއިންވަނީ އެއަރޕޯޓް ތަރައްޤީކުރުމަށް ހޯރަފުށީ ފަޅުން 84،2200 އަކަމީޓަރުގެ ސަރަޙައްދެއް ހިއްކާފައެވެ. ކޮވިޑާއި ގުޅިގެން މިމަޝްރޫޢު ކުރިޔަށްގެންދިޔުމަށް ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް މިމަޝްރޫޢުގެ މަަސައްކަތް ހަލުވި ދުވެޔެއްގައި ކުރިޔަށްދާކަމަށް އެކުންފުނިން ބުނެއެވެ.

އެމް.ޓީ.ސީ.ސީއިން ބުނީ، އެއާރޕޯޓުގައި ތާރު އެޅުމުގެ މަސައްކަތް އަންނަމަހުގެ ތެރޭގައި ނިމޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. މި މަސައްކަތް އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ، ޖުމްލަ 198 މިލިއަން ރުފިޔާއަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން