އަންނަ އަހަރު އެންމެ ބޮޑު އިސްކަމެއްދޭނީ ނަމާދަށް އަހުލުވެރިކުރުވުމަށް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަހީމް އެފަދައިން ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ މީޑިއާ ގްރޫޕަށް މިއަދު ފޮނުއްވި މެސެޖެއްގައެވެ.
މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުވެސް އިސްލާމިކް މިނިސްޓްރީން ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްލޭންގެ ދަށުން މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށެވެ.
އެގޮތުން އެންމެ ބޮޑު އިސްކަމެއްދޭނީ ހުރިހާ ސަރަހައްދެއްގައި ވެސް ހުރިހާ އުމުރުފުރައަކަށް އަމާޒުކޮށް ނަމާދުކުރަން އަހުލުވެރިކުރުވުމަށާއި ނަމާދަށް ލޯބިޖެއްސުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް އޭގެ އިތުރު ތަފްސީލެއް މިނިސްޓަރު ނުދެއްވައެވެ.
މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު ދީނީ ކަންކަމަށް އިސްކަން ދޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފަ އެވެ.
އެގޮތުން މިސްކިތްތަކުގައި ހިލޭ ސާބަހަށް ޤުރުއާން ކްލާސްތައް ހިންގަން މުޅި ރާއްޖެއަށް މިހާރު ވަނީ ފުރުސަތު ހުޅުވާލައި ބައެއް ރަށްރަށުގައި އެކަން ފަށައިފައެވެ.
އޭގެ އިތުރުން ކީރިތި ޤުރުއާން ހިތުދަސްކުރާ ކުދިން އުމްރާއަށް ފޮނުވަން ފަށަން ނިންމާފައިވާ އިރު އަންނަ އަހަރުން ފެށިގެން ޤުރްއާނާއި ބެހޭ މަރުކަޒުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ތިން ފޮތަށްވުރެ ގިނައިން ދަސްކުރާ ދަރިވަރުންނަށް ޕޮކެޓު މަނީއެއް ދޭން ވެސް ވަނީ ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު