ލުބުނާނަށް އަރައި ދެމުންގެންދާ ހަމަލާތަކުގައި އިސްރާއީލުން މިހާރު އަމާޒުހިފާފައި އޮތީ އެގައުމުގެ ސިއްހީ ނިޒާމު އެއްކޮށް ފުނޑުފުނޑު ކޮށްލަން ކަމަށް ލުބުނާނުގެ ސިއްހީ ވުޒާރާއިން ބުނެފިއެވެ.
އިއްޔެ ލުބުނާނުގެ އިރުއުތުރުގައި އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި އެ ސަރަހައްދުގެ ހޮސްޕިޓަލުގެ ޑިރެކްޓަރަކު މަރުވެ ފަސް ޕެރަމެޑިކްސް ވަނީ މަރުވެފައެވެ.
އެގައުމުގެ ސިއްހީ ވުޒާރާއިން ތުހުމަތު ކުރާ ގޮތުގައި އިސްރާއީލުން ދަނީ އެގައުމަށް އަރައި މެޑިކަލް ސްޓާފުން މަރައި ސިއްހީ ވަސީލަތްތައް ނައްތާލުމުގެ ބޮޑު ހަރަކާތެއް ފަށައިފައެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިސްރާއީލާއި ހަމާސް އާއި ދެމެދު ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް 226 ސިއްހީ ހިދުމަތްތެރިންނާއި ބަލިމީހުން މަރުވެފައިވާ ކަމަށް ޑަބްލިއުއެޗްއޯ އިން ނެރުނު އާ ރިޕޯޓެއްގައިވެސް ބުނެފައި ވެއެވެ.
ފަލަސްތީނުގައި އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތާލުމުގައި އޮކްޓޯބަރު 7، 2023 އިން ފެށިގެން މަދުވެގެން 44،056 ފަލަސްތީނު މީހުން މަރުވެ 104،286 މީހުން ވަނީ ޒަޚަމްވެފައެވެ.
ފަލަސްތީނުގެ ޣައްޒާ ހަނގުރާމައިގެ ތެރެއިން ލުބުނާނަށް އިސްރާއީލުން ދޭން ފެށި ހަމަލާތަކުގައި މަދުވެގެން 3،645 މީހުން މަރުވެ 15،355 މީހުން ޒަޚަމްވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު