ޖަލުގައި ހުރި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން މިނިވަންކުރުމަށް ގޮވާލައި އޭނާގެ ސަޕޯޓަރުން މުޒާހަރާ ކުރަމުންދާއިރު ވަކި ކޮޅެއްގައި ޖެހެންދެން ކުރިމަތިލުމަށް ސަޕޯޓަރުންނަށް އިމްރާން ޚާން ގޮވާލައްވައިފިއެވެ.
އިމްރާން ޚާން މިނިވަން ކުރުމަށް ގޮވާލާ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ފިޔަވަޅު އަޅަމުންދާއިރު އެމީހުން ދަނީ ދުވަހުން ދުވަހަށް މުޒާހަރާ ވަރުގަދަ ކުރަމުންކަން ފާހަގަ ކުރެވެއެވެ.
ލޮކްޑައުންކޮށްފައިވާ އެގައުމުގެ ވެރިރަށް އިސްލާމްއާބާދުގެ ވަށައިގެން މުޒާހަރާގެ ބައިވެރިން ތިބި އިރު ސަލާމަތީ ބާރުތަކުން އަންގާރަ ދުވަހު ވަނީ އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކް އިންސާފް (ޕީޓީއައި) ޕާޓީގެ ސަޕޯޓަރުންނާ ކުރިމަތިލާފައެވެ.
މުޒާހަރާގެ ބައިވެރިން ޑިމާންޑް ކުރަނީ ފެބްރުއަރީ މަހުގެ އިންތިހާބަށް ފަހު ހިފެހެއްޓިފައިވާވއެމީހުންގެ މެންޑޭޓް އަނބުރައި ދިނުމަށާއި، ސިޔާސީ ގައިދީން ދޫކޮށްލުމަށެވެ. އަދި "ގާނޫނާއި ގަވާއިދު" ތަންފީޒު ކުރުމަށް އެހީތެރިވުމަށް މަދަނީ ސަރުކާރަކަށް ސިފައިންނަށް ގޮވާލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހެއް ބާތިލް ކުރުމަށްވެސް އިމްރާން ޚާންގެ ސަޕޯޓަރުން ވަނީ ގޮވާލާފައެވެ.
ޕާކިސްތާނު ސަރުކާރުން މަޝްވަރާތައް ބާތިލް ކުރަމުންދާއިރު، އިމްރާން ޚާން ގޮވާލައްވަނީ "ކޮޅެއްގައިޖެހެންދެން ކުރިމަތި ލުމަށެވެ."
ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި އިމްރާން ޚާން ވަނީ މުޒާހަރާގެ ބައިވެރިންނަށް ހިތްވަރުދެއްވައި އެމީހުންގެ މަސައްކަތަކީ ޕާކިސްތާނުގެ "ދެމިއޮތުމާއި ހަގީގީ މިނިވަންކަމަށް" ކުރަމުން އަންނަ މަސައްކަތެއް ކަން ހަނދާންކޮށްދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު