ފިލްމީ ދާއިރާގައި މަސައްކަތް ފެށިއިރު ދުވަހަކުވެސް ބޮލީވުޑްގެ ފިލްމެއް ނުކުޅެން ނިންމިކަމަށް މަޝްހޫރު ތެލަގޫ އެކްޓަރު އައްލޫ އަރުޖުން ބުނެފިއެވެ.
އޭނާ މިހެން ބުނެފައިވަނީ ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބޮލީވުޑް ފިލްމުތައް ނުކުޅެން ނިންމި ސަބަބާމެދު ވާހަކަ ދައްކަމުންނެވެ. އެގޮތުން އޭނާ ބުނެފައިވަނީ އޭރު އޭނާ ހިންދީ ފިލްމު ނުކުޅުމަށް ނިންމީ އެދުވަސްވަރު ބޮލީވުޑަށް އެކްޓަރެއްގެ ގޮތުގައި ތައާރަފް ވުމުގައި ހުރި ގޮންޖެހުންތަކުގެ ސަބަބުން ކަމަށެވެ.
އަދި އެއީ ހާސިލް ނުކުރެވޭނެ ހުވަފެނެއް ކަމުގައި އޭރު ހީވި ކަމަށްވެސް އޭނާ ވަނީ މި އިންޓަވިއުގައި ބުނެފައެވެ. އޭނާ އިތުރަށް ބުނެފައިވަނީ މިހެން ކުރިން ނިންމި ނަމަވެސް ކުރިއަށް އޮތް ތަނުގައި ހިންދީ ދެތިން ފިލްމެއްގައި މަސައްކަތް ކުރަން ބޭނުންވާ ކަމަށެވެ.
އައްލޫ އަރުޖުން އަށް މިއަހަރު ވަނީ "ޕުޝްޕާ" ގައި އޭނާ ދެއްކި ހުނަރަށް، އެންމެ މޮޅު އެކްޓަރަށް އިންޑިއާގައި ގައުމީ ފެންވަރުގައި ދޭ އެވޯޑުވެސް ލިބިފައެވެ. މިއީ ތެލަގޫ އެކްޓަރަކަށް މި އެވޯޑު ލިބުނު ފުރަތަމަ ފަހަރު ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު