26 ގަޑިއިރު ތެރޭ މިމަހު ނެރުމަށް ހަމަޖެހިފައިވާ "ޕުޝްޕާ 2" ގެ އެއް ލައްކަ ޓިކެޓު ވިކިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
ޕިންކްވިލާގައިވާ ރިޕޯޓެއްގައި ބުނެފައިވަނީ އައްލޫ އަރުޖުންގެ ކުރިއަށް އޮތް ފިލްމު "ޕުޝްޕާ 2: ދަ ރޫލް" ގެ އެޑްވާންސް ބުކިން މިހާރު ހުޅުވާލާފައިވާއިރު، 26 ގަޑިއިރު ތެރޭ ފިލްމުގެ އެއް ލައްކަ ޓިކެޓު ވިކިފައިވާ ކަމަށެވެ. އަދި މި ފިލްމުގެ ޓިކެޓުތަކުގެ ބުކިންތައް "ސްޓްރީ 2" އާއި "އެނިމަލް" އާ އަޅާކިޔާއިރު މާ ބޮޑަށްވެސް ރަނގަޅު ކަމަށް ރިޕޯޓުގައި ވެއެވެ.
އަދި މި ފިލްމު އަޅުވާ ދުވަހު ބޮކްސް އޮފީހުގައި ރިކޯޑު އަދަދަކަށް އާމްދަނީ ލިބޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން އެދުވަހު މި ފިލްމަށް 300 ކުރޯޑަށް ވުރެ ބޮޑު އާމްދަނީ އެއް ލިބޭނެކަމަށް ލަފާ ކުރެވޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އައްލޫ އަރުޖުން އާއި މަންދަނާ ލީޑުން ފެނިގެންދާ މި ފިލްމަކީ އެތައް ބައެއްގެ މެދުގައި މަގުބޫލުވި "ޕުޝްޕާ" ގެ ސީކުއެލްއެވެ. ގިނަ ބަަޔަކު އިންތިޒާރު ކުރަމުން އަންނަ މި ފިލްމު ނެރޭނީ މިމަހު 05 ގައެވެ.

ކިޔުންތެރިންގެ ހިޔާލު