ބޮލީވުޑްގެ މަޝްހޫރު ތަރި ރާޖްކުމާރު ރާއޯ ޑާކް ކޮމެޑީ ފިލްމެއް އުފައްދަން އުޅޭ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
ބޮލީވުޑް ހަންގާމާގައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ރާޖްކުމާރު ވަނީ ޑައިރެކްޓަރު އަދިތިޔާ ނިމްބަލްކަރުއާ ގުޅިގެން ޑާކް ކޮމެޑީ ފިލްމެއް އުފެއްދުމުގެ މަސައްކަތް ފަށާފައި ކަމަށެވެ. މި ފިލްމަށް އަދި ނަމެއް ދީފައި ނުވީނަމަވެސް އަންނަ ޖެނުއަރީމަހު މި ފިލްމުގެ ޝޫޓުތައް ފެށޭނެ ކަމަށް ރިޕޯޓުގައި ވެއެވެ.
މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ މަރު ތަހުގީގެއްގެ މައްޗަށް ކަމަށްވީއިރު، މިއީ ރާޖްކުމާރު، ފިލްމު ޕްރޮޑަކްޝަން އަށް ތައާރަފްވާ ފިލްމު ކަމަށްވެސް ރިޕޯޓުގައި ވެއެވެ. އަދި މި ފިލްމުގެ ލީޑުންވެސް ފެންނާނީ އޭނައެވެ. މި ފިލްމު އަންނަ އަހަރު ނެރޭނެ ކަމަށް ބެލެވޭއިރު، ފިލްމު ނެރޭނީ މަޝްހޫރު ސްޓްރީމިން ނެޓްވޯކު ނެޓްފްލިކްސް އަށެވެ.
ރާޖްކުމާރު އެންމެ ފަހުން ފެނިފައިވަނީ މި އަހަރު ނެރުނު ފިލްމު "ސްޓްރީ 2" އިންނެވެ. މި ފިލްމުގެ ކާމިޔާބީއަށްފަހު ރާޖްކުމާރު އަށް ވަނީ ގިނަ ފިލްމު އޮފާ ތަކެއް ލިބިފައެވެ. އެގޮތުން ބަލާއިރު އޭނާ މިހާރު ދަނީ ޕުލްކިތު ޑައިރެކްޓު ކުރާ ފިލްމު "މާލިކު" ގެ ޝޫޓުތައް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު