ބޮލީވުޑްގެ ވިދަމުން އަންނަ ތަރި ވިކްރަންތު މާސޭ ބޮލީވުޑާ ދުރަށް ދާން އުޅޭ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
ވިކްރަންތު ވަނީ އެކަމަށް އިޝާރާތްކޮށް އިއްޔެގެ ވަގުތެއްގައި އޭނާގެ އިންސްޓަގްރާމުގައި ޕޯސްޓެއް ހިއްސާ ކޮށްފައެވެ. އެގޮތުން އެ ޕޯސްޓުގައި އޭނާ ބުނެފައިވަނީ އެކްޓު ކުރުމާ ދުރަށް ގޮސް، އާއިލާއާއެކު ވަގުތު ހޭދަކުރަން ނިންމާފައިވާ ކަމަށެވެ. އަދި އަންނަ އަހަރަކީ އޭނާ އެކްޓަރެއްގެ ގޮތުގައި ފެންނާނެ ފަހު ފަހަރު ކަމަށްވެސް ވިކްރަންތު ވަނީ ބުނެފައެވެ.
އޭނާ އިތުރަށް ބުނެފައިވަނީ ބެލުންތެރިން އޭނާއަށް ދެމުންދިޔަ ސަޕޯޓާމެދު ވަރަށް އުފާކުރާ ކަމަށެވެ. އަދި އޭނާ ވަނީ އޭނާއަށް ސަޕޯޓު ކުރި އެންމެނަށް ޝުކުރުވެސް އަދާކޮށްފައެވެ.
2013 ފައި ފިލްމީ ދާއިރާއަށް ތައާރަފް ވުމަށް ފަހު ވިކްރަންތު ވަނީ ބޮލީވުޑަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ނޮވެމްބަރު މަހު ނެރުނު "ދަ ސަބްރަމަތީ ރިޕޯޓު" އިންނެވެ. ވިކްރަންތު ބޮލީވުޑުން ރިޓަޔާވާން އުޅޭ ކަމަށް ބުނެ ކުރި ޕޯސްޓުގެ ސަބަބުން އޭނާގެ ފޭނުންނަށް ބޮޑު ހައިރާންކަމެއް ލިބުނު ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު