ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަދި ޕްރޮޑިއުސަރު އާމިރު ޚާންގެ ފިލްމު "ސިތާރޭ ޒަމީން ޕަރް" ނެރޭ ދުވަސް ފަސްކޮށްފި އެވެ.
ދާދި ފަހުން ޑެޑްލައިން ހޮލީވުޑަށް ދިން އިންޓަވިއުއެއްގައި މި ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އާމިރު ބުނެފައިވަނީ ޕޯސްޓް ޕްރޮޑަކްޝަންގައި ނިންމަން ޖެހޭ ކަންތައްތަކަށް އިތުރު ވަގުތު ނަގާތީ ފިލްމު ނެރޭ ދުވަސް ލަސް ކޮށްފައިވާ ކަމަށެވެ. މި ފިލްމު މީގެ ކުރިން ނެރެން ނިންމީ މި ޑިސެމްބަރު މަހުގައެވެ. ނަމަވެސް މިހާރު މި ފިލްމު ނެރޭނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ މެދުތެރޭގައި ކަމަށް އާމިރް ވަނީ މި އިންޓަވިއުގައި ބުނެފައެވެ.
މި ފިލްމަކީ އާމިރުގެ ފިލްމު "ތާރޭ ޒަމީން ފަރް" ގެ ސީކުއެލް އެވެ. ނަމަވެސް މި ފިލްމުގެ ވާހަކަ އާއި ޕްލޮޓުގެ އިތުރުން ކެރެކްޓަރުންވެސް ތަފާތު ވާނެ ކަމަށް އާމިރު ވަނީ އިންޓަވިއުގައި ބުނެފައެވެ.
މަސައްކަތުގެ މައިދާނަށް ބަލާއިރު އާމިރު މިހާރު ދަނީ ތަފާތު އެކި ޕްރޮޖެކްޓުތަކުގައި މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި އޭނާ ޕްރޮޑިއުސް ކުރާ ފިލްމު "ލާހޯރު 1947" އާއި "އޭކް ދިން" ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު