ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކަށް ރެކޯޑް އަދަދަކަށް 100 ބިލިއަން ޑޮލަރުގެ އެހީތެރިކަން ދޭނެކަން ވަރލްޑް ބޭންކުން އިއުލާންކޮށްފިއެވެ.
ވަރލްޑް ބޭންކުން ބުނީ ދުނިޔޭގެ އެންމެ ފަގީރު ބައެއް ގައުމުތަކަށް ލޯނާއި ހިލޭ އެހީ ފޯރުކޮށްދިނުމަށް 24 ބިލިއަން ޑޮލަރާ ގާތްކުރާ އަދަދަކަށް މިހާރުވެސް ފައިސާ ހޯދާފައިވާ ކަމަށެވެ.
އެ ބޭންކުގެ ތަރުޖަމާނަކު ބޭރުގެ ނޫހެއް ކަމަށްވާ އޭއެފްޕީ ނޫސް އެޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އަށް ގައުމުތަކަށް އެހީދޭ ފަރާތްތަކުން މިހާރުވެސް 23.7 ބިލިއަން ޑޮލަރުގެ ހަމަޖައްސާފައިވާ ކަމަށެވެ.
ގައުމުތަކަށް މި ފައިސާ ދޭނީ ލޯނާއި ހިލޭ އެހީގެ ގޮތުގައި ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
ވަރލްޑް ބޭންކުގެ ރައީސް އަޖޭ ބަންގާ ވަކިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މި ފަންޑިންގ ބޭނުންކުރާނީ އެންމެ ބޭނުންޖެހިފައިވާ 78 ގައުމަށް އެހީ ދިނުމަށް ކަމަށެވެ. އަދި މިކަން ކުރާނީ އައިޑީއޭގެ ސަޕޯޓަށް ޝަރުތު ހަމަވާ ތަރައްގީވަމުން އަންނަ ގައުމުތަކަށް އެހީވުމަށް ކަމަށް އޭނާ އިޝާރާތް ކުރެއްވިއެވެ.
އަޖޭ ބަންގާ ވިދާޅުވީ އެހީދޭނީ ސިއްހަތާއި ތައުލީމާއި އިންފްރާސްޓްރަކްޗަރ އަދި މޫސުމަށް އަންނަ ބަދަލުތަކަށް އިންވެސްޓްކުރުމަށާއި އިގްތިސާދުތައް ހަމައަކަށް އެޅުވުމާއި ވަޒީފާ އުފެއްދުމަށް އެހީތެރިވުމަށް ކަމަށެވެ.
ވަރލްޑް ބޭންކުން މި އިއުލާން ކޮށްފައިވަނީ ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި ދެ ދުވަހުގެ މަޝްވަރާތަކެއް ކުރިއަށްދާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު