ޝާހިދު ކަޕޫރު އާއި ތުރިޕްތޯ ދިމްރީ- ގޫގުލް އިމޭޖެސް
ޝާހިދު ކަޕޫރު އާއި ތުރިޕްތޯ ދިމްރީ- ގޫގުލް އިމޭޖެސް
ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހިދު ކަޕޫރު އާއި ވިދަމުން އަންނަ ތަރި ތުރިޕްތީ ދިމްރީ ފުރަތަމަ ފަހަރަށް ބޮޑު ސްކްރީނުން އެކުގައި ފެންނަން އުޅޭ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ބޮލީވުޑް ހަންގާމާގެ ރިޕޯޓެއްގައި ބުނެފައިވަނީ މަޝްހޫރު ޑައިރެކްޓަރު ވިޝާލް ބަރަދުވާޖުގެ ކުރިއަށް އޮތް ފިލްމު "އަރުޖުން އުސްތާރާ" ގެ ލީޑުން ފެންނާނީ ޝާހިދު އާއި ތުރިޕްތީ ކަމަށެވެ. އަދި މިއީ މި ދެ ތަރިން އެކުގައި ސްކްރީނުން ފެންނަ ފުރަތަމަ ފަހަރު ކަމަށްވެސް ރިޕޯޓުގައި ވެއެވެ.

މި އެކްޝަން ތުރިލާ ފިލްމުގެ ޕްރީ ޕްރޮޑަކްޝަން މަސައްކަތްތައް މިހާރު ކުރިއަށް ދާއިރު، މި ފިލްމު ޝޫޓު ކުރުމަށް މުމްބާއީގައި ބޮޑު ސްޓޫޑިއޯ ސެޓެއް ތައްޔާރު ކުރަމުންދާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. މި ފިލްމުގެ ޝޫޓުތައް ފެށުމަށް ހަމަޖެހިފައިވަނީ 2025 ގެ ޖެނުއަރީ 6 ގައެވެ.

ތުރިޕްތީ އެންމެ ފަހުން ފެނިފައިވަނީ ފިލްމު "ބޫލު ބުލައްޔާ 3" އިންނެވެ. އަދި ޝާހިދު އެންމެ ފަހުން ފެނިފައިވަނީ ފިލްމު "ތެރެ ބާތޯ މެ އޭސަ އުލްޖާ ޖިޔާ" އިންނެވެ. މި ދެ ފިލްމަށްވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން