ބޮލީވުޑްގެ މަޝޙުރު ތިން ޚާނުން އަނެއްކާވެސް އެކުގައި ބޮޑު ސްކްރީނުން ފެނިދާނެ ކަމަށް އާމިރު ޚާން ބުނެފިއެވެ.
ސައުދި އަރަބިއާގައި ބޭއްވި "ރެޑް ސީ ފިލްމު ފެސްޓިވަލް" ގައި މީޑިއާ ތަކާ ވާހަކަ ދައްކަމުން އާމިރު ބުނެފައިވަނީ ބޮލީވުޑްގެ ނަން މަޝްހޫރު ތިން ޚާނުން އެކުގައި ސްކްރީނުން ފެނުމަކީ ވަރަށް ގިނަ މީހުންގެ އެދުމެއް ކަމަށެވެ. އަދި އެހެންކަމުން މިހާރު ސަލްމާނު އާއި ޝާހުރުކްއާއެކު އެއް ފިލްމެއްގައި މަސައްކަތް ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
އަދި މިހާރު އިންތިޒާރު ކުރަމުންދަނީ ރަނގަޅު ވާހަކައެއްގެ މައްޗަށް ލިޔެފައިވާ ސްކްރިޕްޓަކަށް ކަމަށާއި، އެފަދަ ސްކްރިޕްޓެއް ލިބުމުން ތިން ޚާނުން އެކުގައި ސްކްރީނުން ފެންނާނެ ކަމަށްވެސް އާމިރު ވަނީ ބުނެފައެވެ.
މަސައްކަތުގެ މައިދާނަށް ބަލާއިރު އާމިރު އެންމެ ފަހުން ފެނިފައިވަނީ ހިންދީ ފިލްމު "ލާލް ސިންގ ޗައްޑާ" އިންނެވެ. އޭނާ ދެން އެންމެ އަވަހަށް ފެންނާނެ ކަމަށް ބެލެވެނީ އަންނަ އަހަރު ނެރުމަށް ހަމަޖެހިފައިވާ "ސިތާރޭ ޒަމީން ޕަރް އިން" ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު