ބޮލީވުޑްގެ ފިލްމީ ތަރި ކަންގަނާ ރަނައުތުގެ ފިލްމު "ކުއީން" ގެ ސީކުއެލް އެއް އުފައްދަން އުޅޭ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު ވިކާސް ބާލް ބުނެފިއެވެ.
ދާދި ފަހުން ޕިންކްވިލާގެ މާސްޓާކްލާސް އެއްގައި ވާހަކަ ދައްކަމުން ވިކާސް ބާލް ބުނެފައިވަނީ "ކުއީން" ގެ ސީކުއަލް އެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި، މިހާރު ފިލްމު އުފައްދާކަން ޔަގީންވެފައިވާ ކަމަށެވެ. އަދި "ކުއީން 2" ގައިވެސް ރާނީ ގެ ރޯލުން ފެންނާނީ ހަމަ ފުރަތަމަ ފިލްމެކޭ އެއްފަދައިން ކަންގަނާ ރަނައުތު ކަމަށް ވިކާސް ވަނީ ބުނެފައެވެ.
2014 ގައި ނެރުނު ހިންދީ ފިލްމު ކުއީން ވަނީ އެތައް ބައެއްގެ މެދުގައި މަގުބޫލުވެ އިންޑިއާގެ ސިނަމާގެ ލޭންޑްމާކު ފިލްމަކަށް ވެފައެވެ. މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ކައިވެނީގެ ކުޑަ ދުވަސްކޮޅެއް ކުރިން ލޯބިވެރިޔާ ދޫކޮށް ދިއުމުން، އަމިއްލަ ނަފްސު ހޯދައި ދެނެގަތުމަށް އުޅުނު ރާނީ މެހެރާގެ މައްޗަށެވެ.
މި ފިލްމަށް 2 ނޭޝަނަލް އެވޯޑު ލިބިފައިވާއިރު، މި ފިލްމުގައި ދެއްކި ހުނަރަށް ކަންގަނާ އަށް ވަނީ އެންމެ މޮޅު އެކްޓްރެސްގެ އެވޯޑުވެސް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު