މަރްޔަމް ނަހްދާ ވަޙީދު   14 ޑިސެމްބަރު 2024 - 5:14
ރާނީ މުކަރްޖީ- ގޫގުލް އިމޭޖެސް
ރާނީ މުކަރްޖީ- ގޫގުލް އިމޭޖެސް
މަޝްހޫރު "މަރްދާނީ" ފްރެންޗައިސްގެ އާ ފިލްމެއް އުފައްދަން އުޅޭ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

"މަރްދާނީ" ފްރެންޗައިސް ގެ 3 ވަނަ ފިލްމު އުފެއްދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބުނެ ޔަޝް ރާޖް ފިލްމްސް އިން ވަނީ އިއްޔެގެ ވަގުތެއްގައި މީސް މީޑިއާގައި ޕޯސްޓެއް ވެސް ހިއްސާ ކޮށްފައެވެ. މި ފިލްމު ޑައިރެކްޓު ކުރާނީ އަބިރާޖް މިނާވާލާ ކަމަށް އެ ޕޯސްޓުގައި ވެއެވެ.

އަދި މި ފިލްމުގެ ލީޑުން ފެނިގެންދާނީ "މަރްދާނީ" ގެ އެހެނިހެން ފިލްމުތަކުގެވެސް ލީޑު ރޯލުން ފެނުނު ރާނީ މުކަރްޖީ ކަމަށްވެސް ޕޯސްޓުގައި ވެއެވެ. މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ 2026 ގައެވެ.

މި ފްރެންޗައިސްގެ އެންމެ ފުރަތަމަ ފިލްމު އުފައްދާފައިވަނީ 2014 ގައެވެ. ޕްރަދީޕް ސަރްކާރް ޑައިރެކްޓު ކުރި އެ ފިލްމަށް އެތައް ބައެއްގެ ތަރުހީބު ލިބުމުގެ ސަބަބުން 2019 ގައި މި ފިލްމުގެ ސީކުއެލް އެއް ވަނީ އުފައްދާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން