ދެކުނު ކޮރެއާގެ ރައީސްގެ އިތުބާރު ނެތް ކަމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޮލްގެ އިތުބާރު ނެތްކަމަށް ފާސްކުރީ މިއަދު ބޭއްވި ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާގައެވެ. އެމައްސަލައިގައި 204 މެންބަރުން ވަނީ ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހެޅުނު ގަރާރަށް ތާއީދުކޮށް ވޯޓް ދެއްވާފައެވެ. ދެކުނު ކޮރެޔާގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކުރުމާއެކު ރައީސް ޔޫން މަގާމުގެ މަސްއޫލިއްޔަތުތަކުން ވަނީ ސަސްޕެންޑްކޮށްފައެވެ. އަދި ބޮޑުވަޒީރު ވަގުތީ ރައީސްގެ ގޮތުގައި މަސައްކަތް ކުރައްވަން މިހާރު ވަނީ ފައްޓަވާފައެވެ.
އިތުބާރު ނެތް ކަމަށް ނެގި ވޯޓްގައި 300 މެމްބަރުން ބައިވެރިވެފައިވެއެވެ. އޭގެ ތެރެއިން 204 މެންބަރުން ގަރާރު ފާސްކުރަން ފެންނަ ކަމަށް ވޯޓު ދިން އިރު 85 މެންބަރުން ވޯޓުދިނީ ނުފެންނަ ކަމަށެވެ. 3 މެންބަރުން ވަކި ގޮތަކަށް ވޯޓު ދީފައެއް ނުވެއެވެ. ބާތިލްވީ 04 ވޯޓެެވެ.
މަޖިލީހުން އިތުބާރު ނެތް ކަމަށް ފާސް ކުރިއަސް ރައީސް މަގާމުން ވަކި ކުރުމަށް ޝަރީއަތުގެ މަރުހަލާ އެއް ބާއްވާން ޖެހޭނެއެވެ. އެގޮތުން ކޮންސްޓިޓިއުޝަނަލް ކޯޓުގެ 9 މެންބަރުންގެ ކައުންސިލުގެ ތެރެއިން 6 މެންބަރުން އިމްޕީޗްމަންޓް ދެމެހެއްޓުމަށް ވޯޓުދީފިނަމަ، ރައީސް މަޤާމުން ވަކިވާނެ ކަމަށް އެގައުމުގެ ގާނޫނު އަސާސީ ބުނެއެވެ.
ދެކުނު ކޮރެޔާގެ ރައީސް ޔޫންގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފައިމިވަނީ އިދިކޮޅުން ބަޣާވާތެއް ކޮށް އުތުރު ކޮރެއާއާ ގުޅިގެން މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށް އަސްކަރީ ގާނޫނު އިއުލާން ކުރެއްވުމުންނެެވެ. އެހެން ނަމަވެސް ގާނޫނު ހަދާ މަޖިލީހުން ފާސްނުވުމުން އަސްކަރީ ގާނޫނު ދެތިން ގަޑިއިރުތެރޭގައި ވަނީ އަނބުރާ ގެންގޮސްފައެވެ.
އޭގެފަހުން މި މަހުގެ ހަަތަރުވަނަ ދުވަހު ޔޫން ވަނީ އަސްކަރީ ގާނޫނު އިއުލާނުކުރެއްވުމާ ގުޅިގެން މައާފަށް އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު