ކަންގަނާ ރަނައުތު- ގޫގުލް އިމޭޖެސް
ކަންގަނާ ރަނައުތު- ގޫގުލް އިމޭޖެސް
ބޮކްސް އޮފީހުގައި ހިންދީ ފިލްމުތަކުގެ ރޭޓިން ދައްވަނީ އެ ފިލްމުތަކުގައި އަސްލު ގޮތްގަނޑު ނުހުންނާތީ ކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި ކަންގަނާ ރަނައުތު ބުނެފިއެވެ.

ދާދި ފަހުން 'އެޖެންޑާ އާޖް' ގައި ވާހަކަދައްކަމުން ކަންގަނާ ވަނީ އިންޑިއާގެ ދެކުނުގެ ފިލްމުތަކާ އަޅާ ބަލާއިރު ބޮލީވުޑްގެ ފިލްމުތަކުގެ ރޭޓިންތައް ބޮކްސް އޮފީހުގައި ދައްވާ ސަބަބު ހާމަ ކޮށްފައެވެ. އެގޮތުން އޭނާ ބުނެފައިވަނީ މިހާރުގެ ހިންދީ ފިލްމު ތަކަކީ އާންމު ދިރިއުޅުމާ ގުޅޭ ފިލްމު ތަކެއް ނޫން ކަމަށެވެ. އަދި ހިންދީ ފިލްމުތަކުގެ ރޭޓިން ދައްވަނީ އޭގައި އަސްލު ގޮތްގަނޑު ނުހުންނާތީ ކަމަށްވެސް ކަންގަނާ ވަނީ ބުނެފައެވެ.

އޭނާ އިތުރަށް ބުނެފައިވަނީ ބޮލީވުޑްގެ ފިލްމު އުފެއްދުންތެރިން އަބަދުވެސް ބޭނުންވަނީ އެއްކަހަލަ ފިލްމުތަކެއް އުފައްދަން ކަމަށެވެ. އަދި ބަނޑަށް ގޮޅި އަރުވާފައި ހުންނަ ހީރޯއެއް ހިމަނައިގެން ފިލްމު އުފެއްދުން ނޫން ކަމެއް ބޮލީވުޑުން ކުރަން ބޭނުން ނުވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އަދި މިއީ އޭނާއާ ފިލްމީ ދާއިރާގެ މީހުންނާ އެންމެ ގިނައިން ދެބަސްވާންޖެހޭ ސަބަބު ކަމަށްވެސް ކަންގަނާ ވަނީ ބުނެފައެވެ.

ކަންގަނާ މިގޮތަށް ވާހަކަ ދައްކާފައިވަނީ ދާދި ފަހުން ނެރުނު އައްލޫ އަރުޖުންގެ ފިލްމު "ޕުޝްޕާ 2" އަށް ލިބުނު ކާމިޔާބީއާ ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ. އެގޮތުން އޭނާ ބުނެފައިވަނީ ބޮލީވުޑްގެ އެއްވެސް ތަރިއެއް "ޕުޝްޕާ" ފްރެންޗައިސްގައި ގައި އައްލޫ އަރުޖުން ކުޅުނު ފޯލު ފަދަ ރޯލެއް ކުޅެން އެއްބަސް ނުވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން