ފައިސާގެ ދަތިތައް ހުރިނަމަވެސް އެކްޓަރުން ވަކި ގޮތަކަށް ދިރިއުޅުން ބައްޓަން ކުރަން ޖެހޭ ކަމަށް ބޮލީވުޑްގެ ތަރި ވިވޭކް އޮބްރޯއި ބުބެފިއެވެ.
ދާދި ފަހުން ބޭއްވި ފްރެންޗައިސް އިންޑިއާ އިވެންޓުގައި ވާހަކަ ދައްކަމުން ވިވޭކް ވަނީ އޭނާއަށް ފިލްމީ ދާއިރާގައި މަސައްކަތް ކުރަމުން ދިމާވި ދަތިތަކުގެ ވާހަކަ ހިއްސާ ކޮށްފައެވެ. އެގޮތުން އޭނާ ވަނީ ފިލްމު އިންޑަސްޓްރީ ގައި މަސައްކަތް ކުރުމަކީ ރޯލާކޯސްޓާއެއް ދުއްވުން ފަދަ ކަމެއް ކަމަށް ބުނެފައެވެ.
"މި ދާއިރާގައި ކާމިޔާބީތައް ލިބޭއިރު ހުރިހާ ކަމަށްވެސް ވަރަށް ރަނގަަޅަށް ދާނެ، ނަމަވެސް ނާކާމިޔާބީތަކުގައި ހަމަ އެހާމެ ދަތިތައްވެސް ކުރިމަތިވާނެ" ވިވޭކް ވަނީ މި އިވެންޓުގައި ވާހަކަ ދައްކަމުން ބުނެފައެވެ.
އޭނާ އިތުރަށް ބުނެފައިވަނީ ބެލުންތެރިންގެ ޕްރެޝަރުގެ ސަބަބުން އެކްޓަރުން ވަކިކަހަލަ އިމޭޖެއް ހިފަހައްޓަން ޖެހޭ ކަމަށެވެ. އަދި ފައިސާގެ ދަތިތައް ކިތައްމެ ބޮޑަށް ކުރިމަތިވި ނަމަވެސް އެކްޓަރުން ވަކި ކަހަކަ ދިރިއުޅުމެއް ބައްޓަން ކުރަން ޖެހޭ ކަމަށްވެސް ވިވޭކް ވަނީ ބުނެފައެވެ. އަދި އޭނާ ވިޔަފާރީގެ ތެރެއަށް ވަން ސަބަބަކީވެސް މިއީ ކަމަށް އޭނާ ވަނީ ބުނެފައެވެ.
މަސައްކަތުގެ މައިދާނަށް ބަލާއިރު ވިވޭކް އެންމެ ފަހުން ފެނިފައިވަނީ ރޯހިތު ޝެޓީގެ ސީރީސް "އިންޑިއަން ޕޮލިސް ފޯސް" އިންނެވެ. މި ސީރީސްގައި އޭނާއާއެކު ލީޑުން ފެނިފައިވަނީ ސިދާތު މަލޯތުރާ އާއި ޝިލްޕާ ޝެޓީއެވެ.

ކިޔުންތެރިންގެ ހިޔާލު